Advertisement

އެމްޑީޕީއާ ދަ ޑިމޮކްރެޓްސްގެ އިސްބޭފުޅުން އެއް މޭޒެއްގައި --

24 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖިލިސް އިންތިޚާބަށް ދަ ޑިމޮކްރެޓަސްއިން އެމްޑީޕީއާ ގުޅެނީ

ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ދަ ޑިމޮކްރެޓްސްއިން އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރަންތައްޔާރުވެއްޖެއެވެ.

އެމްޑީޕީއާ ދަ ޑިމޮކްރެޓްސްގެ އިސްބޭފުޅުން މިހަފްތާގައި ވަނީ ބައްދަލުކޮށްފައެވެ. މިގޮތުން ދަ ޑިމޮކްރެޓްސްގައި އެންމެ އިސްކޮށް ތިއްބެވި ބޭފުޅުންނާއި އެމްޑީޕީގެ އިސްބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމާއި ގުޅޭ މައުލޫމާތެއް ދެޕާޓީން މިހާތަނަސް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އެދެޕާޓީގެ ފަރާތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު އޮންނާނެކަން މިހާރު ވަނީ އިޢުލާނުކޮށްފައެވެ.

މިނޫސް ކޮންފަރެންސް އޮންނާނީ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދުގެ 4:00ގައި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ދަ ޑިމޮކްރެޓްސްއަކީ، އެމްޑީޕީގައި ތިއްބެވި މަޖިލިސް މެމްބަރުންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ދެކޮޅުވެ އެމްޑީޕީގެ ތެރެއިން ވަކި ފެކްޝަނެއް ހަދައިގެން އުފެއްދި ޕާޓީއެކެވެ. އެމްޑީޕީ ރޫޅާލުމަކީ، ދަޑިމޮކްރެޓްސްގެ މައިގަނޑު މަގުޞަދުކަމުަގައި އެޕާޓީގެ އެންމެ އިސްފަރާތްތަކުން އައީ ބުނަމުންނެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ކެންޑިޑޭޓަށް ނުކުރާ މިންވަރަސް ދަ ޑިމޮކްރެޓްސްއިން ވަނީ، އެމްޑީޕީއަށް އެންޓި ކެމްޕޭންވެސް ކޮށްފައެވެ. 

ރިޔާސީ އިންތިޚާބާއި، މާލޭ ސިޓީގެ މޭޔަރު ހޮވުމުގެ އިންތިޚާބުގައިވެސް ދަ ޑިމޮކްރެޓްސްއަށް ކުރިމަތިވީ ބޮޑު ނާކާމިޔާބީއަކާއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.