Advertisement

ފޮޓޯ: އަބްދުﷲ އިޔާން

03 Feb 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ދެ ދާއިރާއަށް ކެނޑިޑޭޓުން ހޮވުމަށް ދަ ޑިމޮކްރަޓްސްގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިޔަށް

މި އަންނަ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ވާދަކުރުމަށް ދަ ޑިމޮކްރެޓްސްއިން ހުޅުވާލި ފުރުސަތުގައި، އެއް ކެނޑިޑޭޓަށް ވުރެން ގިނަ ކެނޑިޑޭޓުން ކުރިމަތިލި ދާއިރާތަކުގައި ބައްވާ، އެ ޕާޓީގެ މަޖިލިސް ޕްރައިމަރީ އިންތިހާބު ފެށިގެން ކުރިޔަށް އެބަދެއެވެ.

ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީ ކުރިޔަށް ގެންދަނީ ޖުމްލަ ދެ ދާއިރާއެއްގެއެވެ. އެއީ ހެންވޭރު ދެކުނު ދާއިރާ އާއި ހުޅުމާލެ ދެކުނު ދާއިރާގެއެވެ. ހެންވޭރު ދެކުނު ދާއިރާގައި ދެ ކެނޑިޑޭޓަކު ވާދަކުރާއިރު ހުޅުމާލެ ދެކުނު ދާއިރާގައި ތިން ކެނޑިޑޭޓަކު ވާދަކުރެއެވެ.

މިއަދުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ކުރިޔަށް ގެންދާ މި އިންތިހާބުގެ ވޯޓުލުން ކުރިޔަށްދަނީ ދެ މަރުކަޒެއްގައެވެ. އެގޮތުން ހެންވޭރު ދެކުނު ދާއިރާގެ ވޯޓު ފޮށި ބަހައްޓާފައިވަނީ ހައުސް އޮފް ޑިމޮކްރެޓްސް (ހަރުގެ)ގައެވެ. އަދި  ހުޅުމާލެ ދެކުނު ދާއިރާގެ ވޯޓު ފޮށި ބަހައްޓާފައިވަނީ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް (ގޭޓް 3، ގުލްޗަމްޕާ މަގު)، ހުޅުމާލޭގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ވާދަކުރުމަށް ދަ ޑިމޮކްރެޓްސްއިން ހުޅުވާލި ފުރުސަތުގައި އެކަމަށް ހުށަހަޅި ކެނޑިޑޭޓުންގެ އަދަދަށް ބަލައި، އެންމެ ފުރަތަމަ 4 ދާއިރާއެއްގައި ޕްރައިމަރީ ބޭއްވުމަށް އޮތީ ހަމަޖެހިފައެވެ. ނަމަވެސް ކެލާ ދާއިރާއާއި ކަނޑިތީމު ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކަށް ކުރިމަތިލި ދެ ކެނޑިޑޭޓުންގެ ތެރެއިން އެއް ކެނޑިޑޭޓަކު ނަން ނެގުމާ ގުޅިގެން، މި ދެ ދާއިރާގެ ޓިކެޓު ވަނީ ކަށަވަރުވެފައެވެ.

ޕްރައިމަރީގައި ވާދަކުރުމަށް ދަ ޑިމޮކްރެޓްސްއިން ހުޅުވާލި ފުރުސަތުގައި 41 ދާއިރާއަކަށް ކެނޑިޑޭޓުންވަނީ ކުރިމަތިލާފައެވެ. އަދި އޭގެ ތެރެއިން ޕްރައިމަރީއަކާ ނުލައި 39 ދާއިރާއެއްގެ ޓިކެޓު ވަނީ ކަށަވަރުވެފައެވެ.

އެ ޕާޓީން ހާމަކޮށްފައިވާ ގޮތުގައި ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ކެންޑިޑޭޓަކު އެކަމަށް އެދި ހުށަހަޅާފައިވާ ނުވާ ދާއިރާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އިތުރު ފުރުސަތެއްގެ ވަނީ ދީފައެވެ. އެގޮތުން، ޝައުގުވެރިކަންފާޅުކޮށް ހުށަހެޅުމުގެ ސުންގަނޑި އެއްކަމަށް ކަނޑައަޅާފައިވަނީ 6 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ 18:00 ގެ ނިޔަލަށެވެ. މި ދާއިރާތަކަށް އެއް ކެނޑިޑޭޓަށް ވުރެން ގިނަ ކެނޑިޑޭޓުން ކުރިމަތިލި ނަމަވެސް، ވަގުތު ނެތުމާއެކު ޕްރައިމަރީއަކާ ނުލައި ޓިކެޓު ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށް ހަމަޖެހިފަނީ ޕާޓީ ރައީސްގެ ކައުންސިލުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.