Advertisement

ރައްޔިތުންގެ މަޖިލިސް

25 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ދައުރުން ބޭރުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އާދީއްތަ ދުވަހު ބާއްވަނީ

ދައުރުން ބޭރުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިޖެނުއަރީ މަހުގެ 28ވާ އާދީއްތަ ދުވަހު ބޭއްވުމަށް ނިންމަވައި، މަޖިލީހުގެ ރައީސް މިރޭ މެމްބަރުންނަށް ނޯޓިސް ފޮނުއްވައިފިއެވެ.

ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައި ވަނީ އެމްޑީޕީއާ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ 38 މެމްބަރަކު ސޮއިކުރައްވައެވެ.

ދައުރުން ބޭރުން ބާއްވާ ޖަލްސާގައި ކުރާނެ ކަންކަމުގެ ތެރޭގައި، އިންތިޚާބުތަކާއި ބެހޭ އާއްމު ޤާނޫނަށް ހުށައަޅާ އިންތިޚާބުތައް ރޯދަމަހުގެ ތެރޭގައި ނުބޭއްވުމަށް ކަނޑައަޅައި ޤާނޫނު އިސްލާޙްކުރުމުގެ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ އަދަދު ކަނޑައެޅުމުގެ ބިލާއި، ވަޒީރުންނަށް ރުހުން ދިނުން މަސައްކަތްވެސް ހިމެނޭނެކަމަށް އެމްޑީޕީއާ ދަ ޑިމްކޮސްރެޓްސްއިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ.

މިގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އިލެކްޝަންސް ކޮމިޝަނުން މިހާރު އިއުލާނުކޮށްފައިވާއިރު، އެމްޑީޕީއާ ދަ ޑިމޮކްރެޓްސްއިންވެސް ބޭނުން ވަނީ، ރޯދައިގެ ފަހުން އިންތިޚާބު ބޭއްވުމަށެވެ. އެހެންވެ، ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ހުށައަޅާ އެންމެ މުހިއްމު ކަމަކީ، އިންތިޚާބު ލަސްކުރުމެވެ. އިންތިޚާބުތަކާއި ބެހޭ އާއްމު ޤާނޫނަށް އިސްލާޙް ގެނައުމަށް ރައްުޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށައަޅުވާ ބިލްގައި ބަޔާންކޮށްފައި ވަނީ ރަމަޟާން މަސް ނިމިގެން 10 ދުވަސް ފަހުން އިންތިޚާބު ބޭއްވުމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.