Advertisement

އެމްޑީޕީއާ ދަ ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --

24 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދާއި ސިޔާސީ މަޤާމުތަކުގެ އަދަދު ލިމިޓް ކުރަން ޤާނޫނުތައް އިސްލާޙް ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދާއި، ސިޔާސީ މަޤާމުތަކުގެ އަދަދު ލިމިޓްކުރުމަށް ޤާނޫނުތަކަށް އިސްލާހްތައް ހުށައަޅަން ނިންމައި އެކަމަށް އެމްޑީޕީއާ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރަން ފަށާފައިވާކަމުގައި އެދެޕާޓީން ބުނެފިއެވެ.

އެމްޑީޕީއާ ދަ ޑިމޮކްރެޓްސްގެ އިސްބޭފުޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް ވިދާޅުވީ، ސަރުކާރުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރަން ޖެހޭ ކަމަށާއި، އުއްމީދު ކުރެއްވީ މިސަރުކާރުން އެފަދަ މަސައްކަތްތަކެއް ކުރައްވާނެކަން ކަމަށެވެ. 

"އެމްޑީޕީގެ ވެރިކަމުގައި ސިޔާސީ މާޤާމުތަކަށް މަހަކު ގާތްގަނޑަކަށް، 5 މިލިޔަން ރުފިޔާ އަޅުގަނޑު ހަނދާންވާގޮތުން މުސާރައަށް ހޭދަވެފައި އޮތީ. މިހާރު މަހަކު 13 މިލިޔަނަށް އަރައިގެން އެދިޔައީ. ސިޔާސީ މަޤާމުތަކުގެ މުސާރަ އެކަނި. އަދި ދެމަސް މިވީ. މިދެންނެވީ ހިންގުމުގެ ޚަރަދު ބަޖެޓުގެ %70އަށް ވުރެ މައްޗަށް މިހާރު އެދަނީ އަރައިގެން. އެހެންދާއިރުގައި އެހެން ދިމަދިމާލުން، ޚަރަދު ކުޑަކުރުމުގެ ވާހަކަ ދައްކާއިރުގައި، ރައްޔިތުންގެ މަޖިލީހުގެ އަދަދުވެސް އިތުރުވެގެން އަހަރުން އަހަރަށް، ކޮންމެ ފަސް އަހަރަކުން އެދާ ދިޔުމަކީ، އަޅުގަނޑުމެންގެ ކަންބޮޑުވުން އޮތް ކަމެއް. ކުޑަކުޑަ އާބާދީއަކަށް އެކަށީގެންވާ ނިސްބަތަކަށް ރައްޔިތުންގެ މަޖިލިސްވެސް ތަޅުލެވެން ޖެހޭ. އަޅުގަނޑުމެން އެކަން އެގޮތަށް ޤަބޫލުކުރަނީ"

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެމެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް --

ސަލީމް ވިދާޅުވީ، ޖުމުލަ ގޮތެއްގައި ރާއްޖޭގެ ހިންގުމުގެ ޚަރަދުކުޑަކޮށްގެން ނޫނީ، ރާއްޖޭގެ އިޤުތިޞާދު ދެން ހަމަ މަގަށް އެޅިދާނެ ކަމަށް ޤަބޫލު ނުކުރެއްވޭ ކަމަށެވެ. ދެޕާޓީން ގުޅިގެން މަސައްކަތް ކުރަން ނިންމީ އެހެންވެ ކަމުގައި ސަލީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ވަކިމިންވަރަކަށް ލިމިޓް ކުރުމަކީ، އެމްޑީޕީއާ ދަ ޑިމޮކްރެޓްސްއިންވެސް ރިޔާސީ އިންތިޚާބުގައި އެދެޕާޓީގެ މެނިފެސްޓޯގައި ހިމެނި ކަމެކެވެ. 

ރައްޔިތުންގެ މަޖިލީހަށް މިދައުރުގައި ހޮވި މެމްބަރުންގެ އަދަދަކީ 87 އެވެ. ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް އިތުރުވި އިދާރީ 6 ދާއުރާ އާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހަށް 96 މެމްބަރުން އިންތިޚާބު ކުރާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.