Advertisement

ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި އެ ޕާޓީއިން ވާދަކުރައްވާ ހަމްދާ ވާހަކަދައްކަނީ

18 Feb 2024
ޚަބަރު
މިފްތާޙް މުޙައްމަދު

މަޖިލިސް އިންތިހާބުގައި އެންމެ ގިނަ އަންހެން ކެނޑިޑޭޓުން ވާދަކުރަނީ ޑިމޮކްރެޓްސްއިން

ކުރިޔަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެންމެ ގިނަ އަންހެން ކެނޑިޑޭޓުން ވާދަކުރަނީ ދަ ޑިމޮކްރެޓްސްއިންނެވެ. އެ ޕާޓީއިން ޖުމްލަ 39 ދާއިރާއަކަށް ވާދަކުރާއިރު، އޭގެ ތެރެއިން 12 ކެނޑިޑޭޓުންނަކީ އަންހެން ކެނޑިޑޭޓުންނެވެ. އެއީ އެ ޕާޓީއިން ވާދަކުރާ ކެނޑިޑޭޓުންގެ %30 އެވެ.

ދެން އެންމެ ގިނަ އަންހެން ބޭފުޅުން ވާދަކުރައްވަނީ އިދިކޮޅު އެމްޑީޕީއިންނެވެ. އެ ޕާޓީއިން 90 ދާއިރާއެއްގައި ވާދަކުރާއިރު، އޭގެ ތެރެއިން 6 ދާއިރާއަކަށް އަންހެނުން ވާދަކުރާނެއެވެ.

މީގެ އިތުރަށް އަންހެން ބޭފުޅުން ދެން ވާދަކުރައްވަނީ ޖުމްހޫރީ ޕާޓީ އާއި ވެރިކަން ކުރާ ޕީއެންސީއިންނެވެ. މިއިން ކޮންމެ ޕާޓީއަކުން ވެސް ދެ އަންހެން ކެނޑިޑޭޓަކު ނެރުމަށް ވަނީ ފޯމު ހުށަހަޅާފައެވެ. އަމިއްލަ ގޮތުން ބައިވެރިވާ މީހުންގެ އަދަދު 130 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 20 ކެނޑިޑޭޓުންނަކީ އަންހެން ބޭފުޅުންނެވެ.

މަޖިލީހަށް ވާދަކުރައްވާ ޕާޓީތަކުގެ ތެރެއިން އެއްވެސް އަންހެން ކެނޑިޑޭޓަކު ނުނިކުންނަވަނީ އަދާލަތު ޕާޓީއާއި، އެމްޑީއޭއާއި އެމްއެންޕީއިންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.