Advertisement

އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: އެމްޑީޕީ

19 Jan 2025
ޚަބަރު

މީހުންނަށް ނޭނގި ޕާޓީއަށް ވެއްދިކަމަށް 3000 ވުރެ ގިނަ ޝަކުވާ ވަނީ ލިބިފައި: އެމްޑީޕީ

މީސްމީހުންނަށް ނޭނގި އެމީހުންގެ ނަމުގައި ވަގުފޯމް ހުށައަޅައިގެން، ވެރިކަންކުރާ ޕާޓީ ޕީއެންސީއަށް ވައްދާފައިވާކަމަށް ބުނެ 3000 ވުރެ ގިނަ މީހުންގެ ޝަކުވާ ލިބިފައިވާ ކަމުގައި އެމްޑީޕީން ހާމަކޮށްފިއެވެ.

އެޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޕާޓީގެ ޤާނޫނީ ކޮމިޓީގެ މެމްބަރު އިބްރާހީމް ޝިޔާމް ވިދާޅުވީ، އެޝަކުވާތަކަށް ބަލާއިރު،  އޭގެ ތެރޭގައި ކުރީގެ އައިޑީ ކާޑުގައި ހުރި ފޮޓޯ ބޭނުންކުރުމާއި، ސޮއި ފޯޖު ކުރުމާއި، ފިންގަރޕްރިންޓް ފޯޖުކޮށްފައި ހުރުން ފަދަ ކަންކަން ހިމެނޭކަމަށެވެ.

އެމްޑީޕީން ތުހުމަތުކޮށްފައިވާ ގޮތުގައި ގިނަ ބަޔަކަށް ނޭނގި އެމީހުން ވެރިކަންކުރާ ޕާޓީއަށް ވައްދާފައި ވަނީ، ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގައި ހުރި މައުލޫމާތު ވަގަށް ނަގައިގެންނެވެ. އެހެންވެ އެކަމުގައި މިހާރުގެ ހޯމް މިނިސްޓަރ ޢަލީ އިޙްސާން ޒިންމާ އުފުއްލަވަން ޖެހޭނެ ކަމުގައި އެމްޑީޕީން ވަނީ ބުނެފައެވެ. 

މީގެ އިތުރުން ހޯމް މިނިސްޓަރު ޢަލީ އިޙްސާން މަޤާމުގެ ޒިންމާތަކުން އެކަހެރިކުރުމަށް ގޮވާލުމާއިއެކު، އެމްޑީޕީން ވަނީ ހޯމް މިނިސްޓަރުގެ ޢިތުބާރުނެތްކަމުގެ މައްސަލަވެސް ރައްޔިތުންގެ މަޖިލީހަށް ވައްދާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
19 Apr 2025
ޚަބަރު
ލޯފަން ނުވަ ދަރިވަރުން މާސްޓާސް ޑިގްރީ ހާސިލުކޮށްފި
ކުރިމަތިވި ގިނަ ގޮންޖެހުންތަކާ ކުރިމަތިލައި، ލޯފަން ނުވަ ދަރިވަރަކު ރޭ އިސްލާމިކް ޔުނިވާސިޓީން މާސްޓާސް ފުރިހަމަކޮށް، ސަނަދު ހާސިލުކޮށްފިއެވެ.
19 Apr 2025
ފަލަސްތީން
"އުންމަތް ފަލަސްތީނާއި އެކު" ހިނގާލުން ބާއްވައިފި
މި ހިނގާލުން ބާއްވާފައި ވަނީ ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތަކާއި ދެކޮޅަށް އަޑު އުފުލާ ދިވެހިން ފަލަސްތީނާއި އެކު ތިބިކަން ހާމަކޮށްދިނުމަށެވެ.
16 Apr 2025
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
މަދީނާގެ ހަރަމްފުޅުގެ އިމާމް ރާއްޖެ ވަޑައިގަންނަވަނީ
ޑރ. ޞަލާޙުލްބުދައިރު ރާއްޖެއަށް ކުރާއްވާ ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ދެއްވުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރަށް، ޢާއްމު ރައްޔިތުންނަށް ދީނީ ދަރުހެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
16 Apr 2025
މެޑަން ސާޖިދާ މުޙައްމަދު
ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ކީރިތި ޤުރުއާނުން އިރުޝާދު ލިބިގަންނަން ޖެހޭ: މެޑަމް ސާޖިދާ
ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުންގެ ވާހަކަފުޅުގައި މިފަހަކަށް އައިސް ޤުރުއާން ކިޔެވުމުގެ މުބާރާތްތައް ބާއްވާ މިންވަރު އިތުރުވަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ދަރީންނާއި މުޅި މުޖުތަމަޢަކީ ކީރިތި ޤުރްއާނުގެ ހިޔާވަހިކަމަށް އެދޭ ބަޔަކަށްވުމަކީ ވަރަށް އުންމީދީ މަންޒަރެއްކަމަށާއި، އަދި އެއީ ހެޔޮ ބަދަލެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.