Advertisement

20 Jun 2025
ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ޑޮލަރު މާރުކުރުމަށް ގެނައި ބަދަލާއެކު ޑޮލަރުގެ އަގު ދިޔައީ މައްޗަށް: ޑީޑީ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ޑޮލަރު މާރުކުރުމުގެ އުސޫލަށް ގެނައި ބަދަލާއެކު، ޑޮލަރު އަގުހެޔޮވުމުގެ ބަދަލުގައި ވާންފެށި ގޮތަކީ ޑޮލަރުގެ އަގު މައްޗަށް ދިއުން ކަމުގައި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޑީޑީ ވިދާޅުވީ، ޑޮލަރުގެ ސިޔާސަތަށް ގެނައި ބަދަލުގެ ސަބަބުން އާއްމުންނަށް އެތައް ގެއްލުމެއް ވީ ނަމަވެސް ސަރުކާރުން ތިބީ އެކަން ވަރިހަމަކޮށްގެން ކަމަށެވެ. މިހާރު ޑޮލަރުގެ އަގު އިންތިހާ އަށް އުފުލިފައިވާ ކަމަށާއި ޑޮލަރުގެ ސިޔާސަތު ބަދަލުކުރީ ވަރަށް ޚުދުމުހުތާރުކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން އާއްމުންނަށް ދިމާވާ ތަކުލީފުތައް ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށާއި، ޑޮލަރު ލިބުމުގައި ދަތިވުމުގެ ސަބަބުން ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާ ކަމަށް ވެސް ޑީޑީ ވަނީ ވިދާޅުވެފައެވެ.

ޑޮލަރުގެ އަގު ތިރިކުރަން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކީ، 2027 ވަނަ އަހަރުގެ ތެރޭގައި ރަސްމީ ރޭޓުގައި ޑޮލަރު ލިބެން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި އަހަރުގެ މޭއި މަހުގެ ތެރޭގައި ވިދާޅުވެފައެވެ.

ނަމަވެސް މިހާރުވެސް ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން ހުރި އަގު ދަށް ނުވެ، އެ އަގު އިންތިހާ އަށް އުފުލެމުން ދިއުމަކީ ވިޔަފާރިވެރިންގެ އިތުރުން އާއްމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.