Advertisement

މަންދީގެ ގަޔަށް ކަޅު ތެޔޮ ޖެހުމުން ފުލުހުން ސީންގައި ހަރަކާތްތެރިވަނީ -- ފޮޓޯ: ސޯޝަލް މީޑިއާ

17 Mar 2025
ޚަބަރު

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހުން ކުއްވެރިކޮށްފި

އެމް.ޑީ.ޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރުގެ ގަޔަށް ކަޅުތެޔޮ ޖަހާފައި ވާތީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އެންމެ ހަރުކަށި ޢިބާރާތުން އެކަން ކުށްވެރި ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އެއްވެސް މީހަކަށް މިފަދައިން ޙަމަލާދީ އަދި އުނދަގޫކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށެވެ. އަދި މިވަގުތުގައި ކަންކަން ހަލަބޮލި ނުކުރައްވައި، އިންސާފު ޤާއިމުކުރުމަށް ޖާގަދެއްވުމަށް އިލްތިމާސްކުރައްވާ ކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

މަންދޫގެ ގަޔަށް ކަޅުތެޔޮ ޖަހާފައި ވަނީ އާދީއްތަ ދުވަހުގެ ރޭ ކަލާފާނު ހިނގުމުން އޭނާ ސައިކަލުގައި ދަނިކޮމް ހެލްމެޓްއަޅައިގެން ކާކުކަން ނޭނގޭ ގޮތަށް ފޮރިވިގެން ސައިކަލެއްގައި އައި ބައެކެވެ. މަންދޫގެ ގަޔަށް ކަޅު ތެޔޮޖެހި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާ އިރު އެކަން ކުއްވެރިކޮށް އެމްޑީޕީގެ އިސްވެރިންވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހީ، އޭނާ މުޒާހަރާގެ ތެރޭގައި މެޑަމް ސާޖިދާގެ ދަރިފުޅަކަށް ނިސްބަތްކޮށް ދެއްކެވި ވާހަކައަކާއި ގުޅިގެން އޭނާ އާއި ދެކޮޅަށް ކޯޓަށް ވަޑައިގަންނަވާނެ ކަމުގައި މެޑަމް ސާޖިދާ ހާމަކުރައްވާފައި ވަނިކޮށެވެ.

މަންދީގެ ގަޔަށް ކަޅުތެޔޮޖެހީ، ސަރުކާރަށް ތާއީދު ކުރާ ބަޔަކު ރާވައިގެން ކަމަށް އެމްޑީޕީން ތުހުމަތުކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.