Advertisement

އެއާ އެމްބިއުލާންސް ---

07 Feb 2025
ޚަބަރު

ދެމައިންގެ މަރަށް ސަރުކާރުން ޒިންމާ އުފުލަން ޖެހޭނެ: އެމްޑީޕީ

ގއ. ވިލިނގިލި ޒަމާނީވިލާ ފާޠިމަތު ޝިއުނާ އާއި އޭނާގެ ދަރިފުޅު ނިޔާވި މައްސަލައިގެ ޒިންމާ ސަރުކާރުން އުފުލަންޖެހޭނެ ކަމުގައި އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ، ދެމައިން ނިޔާވި ހާދިސާގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު މި ކަމުގައި ގއ. އަތޮޅު ހޮސްޕިޓަލްގެ އިހުމާލު ވަރަށް ބޮޑު ކަމަށް ބެލެވެއެވެ.  އަދި ހަމަ އެއާއެކު ބަލިމީހެއް ބަލާ ދާ އެއަރ އެމްބިއުލަންސްއެއްގައި ފަރުވާދިނުމަށް ބޭނުންވާ ސިއްޙީ އާލާތްތައް ނެތި، އޮކްސިޖަން ދެވޭނެ ގޮތެއް ނެތުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައިވެސް އެބަޔާނުގައި ބުނެފައި ވެއެވެ.

އެބަޔާނުގައި ބުނެފައި ވަނީ، މާބަނޑު އަންހެނަކަށް މި ދިމާވި ހިތާމަވެރި ހާދިސާއަކީ ސިއްޙީ ދާއިރާ މިވަރަށް ކުރިއަރާފައިވާ ޒަމާނެއްގައި، ހިނގައިގެން ވާނެ ފަދަ ކަމެއް ނޫން ކަމަށާއި، އެހެންކަމުން ސަރުކާރުން މި މައްސަލައިގައި އިހުމާލުވެފައިވަތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

އަދި މި މައްސަލަ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުންނާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ކަމާ ގުޅޭ އެހެން މުޢައްސަސާތަކުންވެސް ތަޙުޤީޤުކޮށް މިކަމުގައި ޒިންމާވާ ފަރާތްތައް ހޯދާ ޒިންމާދާރު ކުރުވުމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން ގޮވާލަމެވެ.

ކުރިއަށް އޮތްތާގައި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް، މިމައްސަލަ ރަނގަޅަށް ބަލައި، ފިޔަވަޅު އެޅުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމުގައި އަންހެނުންގެ ރޫޙުން ދެކެމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.