Advertisement

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު --

11 Feb 2025
ޚަބަރު

މިދިޔަ އަހަރު ނިމުނު އިރު ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދައްކަންޖެހޭ 7 ބިލިޔަން ރުފިޔާ ނުދައްކާ އެބައޮތް: ކުރީގެ ފިނޭންސް މިނިސްޓަރ

މިދިޔަ 2024 ވަނަ އަހަރު ނިމުނުއިރު ވިޔަފާރިތަކަށާއި ކޮންޓްރެކްޓަރުންނަށް ނުދައްކާ ހުރި ބިލުތަކުގެ އަދަދު ހަތް ބިލިއަން ރުފިޔާއަށް އަރާފައިވާކަމުގައި ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ، ރާއްޖޭގެ މާލީ ހާލަތާއި އަދި ސަރުކާރުގެ މާލީ ސިޔާސަތުތަކާއި ގުޅޭ ގޮތުން، މިއަދު އެމްޑީޕީން އެޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުރީގެ މިނިސްޓަރ އަމީރު ވިދާޅުވީ، އާންމުކޮށް އަހަރު ނިމޭއިރު ހުންނަނީ އެ އަދަދު ހުންނަނީ ދެ ބިލިއަނެއްހާ ރުފިޔާގައެވެ. އެހެން ނަމަވެސް މިދިޔައަހަރު އެހާ ގިނަ ފައިސާ ނުދެއްކި ހުރުމުގެ ސަބަބުން އަމިއްލަ ވިޔަފާރިތައް ބަނގުރޫޓްވަމުންދާ ކަމަށެވެ. އަދި ސަރުކާރު ހިންގަމުން ދަނީ ލޭންދޭނަށް ކަމުގައިވެސް އަމީރު ވިދާޅުވިއެވެ. އަދި މިދިޔަ އަހަރު ބަޖެޓް ސަޕޯޓަށް ސަރުކާރުން ހޯދަން މަސައްކަތް ކުރި ފައިސާވެސް ލިބިފައި ނުވާކަމަށާއި، ކަނޑައެޅި ގޮތަށް ދައުލަތުގެ ޚަރަދުތައްވެސް ކުޑަކުރެވިފައި ނުވާ ކަމުގައި އަމީރު ވިދާޅުވިއެވެ.

"ދައުލަތަށް ބަޖެޓު ފައިނޭންސް ނުކުރެވި ސަރުކާރު އަސްލު މިހިނގަމުންދަނީ ލޭންދޭނަށް. ޕްރައިވެޓް ކޮންޓެކްޓަރސްގެ ފައިސާ ނުދީ އެބޭފުޅުން ތާށިކޮށްފައި ސަރުކާރު މިހެންގެނީ ލޭންދޭނަަށް. ބިލްތަކަށް ފައިސާ ނުދެއްކި ސަރުކާރުން ވިޔަފާރިވެރިންނަށް އަސްލު ... ދަރަނި ކީއްވެތޯ ބަލާލާއިރު ބަޖެޓެއް ފައިނޭންސް ނުކުރެވުނު. ބަޖެޓަށް ބޭރުން ފައިސާ ހޯދުމަށް ސަރުކާރުން 500 މިލިޔަން އިއުލާން ކުރިޔަސް، ޕްރޮޕޯސަލް ހޯދަން މަސައްކަތް ކުރިޔަސް އެއްވެސް ފައިސާއެއް ސަރުކާރަށް ނުހޯދުނު. އޭގެ އިތުރުން ސަރުކާރުން ޚަރަދު ކުޑަކުރާނަމޭ ވިދާޅުވެ، ޚަރަދެއް އެއްވެސް ވަރަކަށް ކުޑައެއް ނުކުރެވޭ."

އިބްރާހީމް އަމީރު -- ކުރީގެ ފިނޭންސް މިނިސްޓަރ

މީގެ އިތުރުން އަމީރު ވިދާޅުވީ، ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތު މަގުން ކައްސާލާފައިވާ ކަމަށާއި މިހާރު ކުރަމުންދާ ހަރަދުތަކާ އެކު މި އަހަރުގެ ތެރޭގައި އަނެއްކާ ވެސް ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށައަޅާނެ ކަމަށެވެ.

އަމީރު ވިދާޅުވީ، ބަޖެޓުގައި 7.7 ބިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް ލަފާކޮށްފައި އޮތް ނަމަވެސް މި ޖެނުއަރީ މަސް ނިމިގެންދާއިރު ހަރަދު ކުޑަކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ގެންގުޅޭތައް ނުފެންނަ ކަމަށެވެ.

ކޮމެންޓް
މުހައްމަދު ޒާހިރު
އެމްޑީޕީ އިން ފައިސާދެއްކިނަމަ ދަރަނިއެހާބޮޑުވާނެތަ!ތިމާއާއަށްނުކުރެވި އެހެންމީހުންގެބޮލުގައިއެޅުވުންރީއްޗެއްނޫން!!
12 Feb 2025
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.