Advertisement

01 May 2025
ޚަބަރު

އެމްޑީޕީގެ ދެ މެންބަރަކު ވެމްކޯގެ ވަޒީފާއިން ވަކިކުރުން ކުށްވެރިކޮށްފި

މިދިޔަ ހަފްތާގައި އައްޑޫ ސިޓީއަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރި ދަތުރާ ގުޅުވައި އެ ޕާޓީއަށް ނިސްބަތްވާ ދެ މެންބަރަކު އަދާކުރަމުންދިޔަ ވަޒީފާތަކުން ވަކިކުރުމުން އެ ޕާޓީއިން އެކަން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ހިތަދޫ ބްރާންޗުގައި މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މޫސާ މުހައްމަދު އަދި ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މުހައްމަދު އަފްޟަލްއަށް ވަނީ މަގާމުން ވަކިކުރިކަމުގެ ލިޔުން މިއަދު ފޮނުވާފައި ކަމަށެވެ.

ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ ދިވެހި ރައްޔިތަކަށްމެ ގާނޫނުއަސާސީއިން ކަށަވަރުކޮށްދޭ ހައްގެއް ކަމަށްވާއިރު އެފަދަ ހަރަކާތެއްގައި ބައިވެރިވެގެން ވަޒީފާއިން ވަކިކުރުމަކީ މި ރާއްޖޭގައި މިވަގުތު ވަޒީފާގެ ބިރުވެރިކަން އިންތިހާއަށް އޮތްކަމުގެ އަލިގަދަ ހެއްކެއް ކަމަށް އެމްޑީޕީން ބުނެއެވެ.

މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރުމަށް މޭ ޑޭ މާދަމާ ފާހަގަކުރާއިރު ސަރުކާރުން ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގު ނިގުޅައިގަނެ އެތައް އާއިިލާއެއް ހާލުގައި ޖެއްސުމާ ދެކޮޅަށް އެންމެހާ މަސައްކަތްތެރިން ނުކުމެ މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.