އެމް. ޑީ. ޕީ
އެމް. ޑީ. ޕީ
24 Dec 2023
ޚަބަރު
އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ކުރިމަތިލުމަށް ވާދަކުރުމުގެ މުއްދަތު އިތުރުކޮށްފި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީގެ ޓިކެޓުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ މުއްދަތު އިތުރުކޮށްފިއެވެ.
16 Dec 2023
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
އަދި ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކުގެ ޕްރައިމަރީ އޮންނާނީ2024 ޖެނުއަރީ 26 އަދި 27 ވާ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ކަމަށާއި، ޕްރައިމަރީގައި ވާދަކުރެވޭނީ ޝައުޤުވެރިކަންފާޅުކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައިވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
11 Dec 2023
ޚަބަރު
އެމްޑީޕީގެ ސަރުކާރަށް ކުރި ތުހުމަތުތައް ބަލަން މަޖިލީހުން ފާސްކޮށްފި
ކުރީ ސަރުކާރުން ރާއްޖޭގެ ޤައުމީ ސަލާމަތާއި ދާޚިލީއަމަނަށް ނުރައްކާވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ މިހާރުގެ ސަރުކާރުގައި ހިމެނޭ ފަރާތްތަކުން ކޮށްފައިވާ ތުހުމަތުތަކާއި ގުޅޭ ގޮތުން އިންކުއަރީއެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
11 Dec 2023
ޚަބަރު
މިސަރުކާރުން ޗާގޯސް ދިވެހިންނަށް ހޯދައިދޭން ޖެހޭނެ: ފައްޔާޒް
ފައްޔާޒް މިހެން ވިދާޅުވީ، މާލޭ ސިޓީގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުން ތަޢާރަފްކުރުމަށާއި، އެމްޑީޕީގެ ކެމްޕޭން ރަސްމީގޮތުން ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
11 Dec 2023
ޚަބަރު
މާލޭ ސިޓީ ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ކެމްޕޭން ރަސްމީކޮށްފަށައިފި
ފެހި ތަނަވަސް މާލެ ކެމްޕޭން ޝިއާރުގެ ދަށުން، މާލޭ ސިޓީ މޭޔަރ އަދި ކައުންސިލްގެ ހުސްވެފައިވާ 3 ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ޖަލްސާ ބާއްވާފައި ވަނީ ރޭ އެމްޑީޕީގެ ސޯަން ޖަގަހަ ކުރިމަތީގައެވެ.
07 Dec 2023
އެމް. ޑީ. ޕީ
ކުރިޔަށް އޮތް އިންތިޚާބުތަކުގައި ގުޅިގެން އެކުގައ މަސައްކަތް ކުރުމާއި ގުޅޭ ގޮތުން އެމްޑީޕީއާ ޖޭޕީން މަޝްވަރާކޮށްފި
04 Dec 2023
ޚަބަރު
ވިޕާ ހިލާފުވުމުގެ ސަބަބުން ޝިޔާންއާއި ޖާބިރުއަށް ފިޔަވަޅު އަޅާއިދޭން އެދެނީ
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިންތިހާބު ކުރަން ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕް (ޕީޖީ)ން ނެރުނު ތްރީލައިން ވިޕާ ހިލާފުވެފައިވާތީ، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާނާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ފިޔަވަޅު އަޅައިދޭން އެދެން ނިންމައިފިއެވެ.
02 Dec 2023
ޚަބަރު
މާލޭ ސިޓީގެ މޭޔަރުގެ މަޤާމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނީ އާޒިމް
މާލޭ ސިޓީގެ މޭޔަރުގެ މަޤާމަށް ވާދަކުރައްވާނެ އެމްޑީޕީގެ ކެންޑިޑޭޓުގެ ގޮތުގައި އާދަމް އާޒިމް ކަނޑައަޅައި އެމްޑީޕީގެ ޓިކެޓް އާދަމް އާޒިމަށް އެޕާޓީން ދީފިއެވެ.
30 Nov 2023
ޚަބަރު
އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އާޒިމް ފޯމް ހުށައަޅުއްވައިފި
ފޯމް ހުށައެޅުއްވުމަށްފަހު އާޒިމް ވިދާޅުވީ، މާލޭގެ މޭޔަރު ކަމުގެ މަޤާމަށް ވާދަކުރެއްވުމަށް ނިންމެވީ، މާލެއަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް ކަމަށެވެ. އާޒިމް ވިދާޅުވީ، އޭނާގެ އަމާޒަކީ މާލެއަކީ، މީހުން ދިރިއުޅެން ހިތް އެދޭފަދަ ހިތްފަސޭހަ ތަނަކަށް ހަދައި ދިނުން ކަމަށެވެ.
29 Nov 2023
ޚަބަރު
މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް ކުރިމަތިލުމަށް އެމްޑީޕީން ހުޅުވާލައިފި
މާލޭ ސިޓީގެ ކައުންސިލްގެ މޭޔަރުގެ ގޮނޑި ހިމެނޭހެން އެ ކައުންސިލުން ހުސްވެފައިވާ 4 ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިފިއެވެ.
28 Nov 2023
ޚަބަރު
ކުރީ ސަރުކާރަށް ކުރި ތުހުމަތުތަކުގެ އިންކުއަރީއެއް ހަދަން އެދިއްޖެ
ނިމިދިޔަ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޤައުމީ ސަލާމަތަށް އަސަރުކޮށްފައިވާ ކަމަށް ބުނެ، ކުރި ތުހުމަތުތަކުގެ ޙަޤީގަތް ދެނެގަނެ، އެކަން ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ގޮވާލާ ޤަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ. މި ޤަރާރު ހުށައެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް މުޣުނީއެވެ. މި ޤަރާރުގެ ފުރަތަމަކިޔުން ވަނީ މިއަދުގެ ޖަލްސާއަށް އިއްވާފައެވެ.
26 Nov 2023
ޚަބަރު
ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީން މަޝްވަރާކޮށްފި
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީން މަޝްވަރާ ކޮށްފިއެވެ.
23 Nov 2023
ޚަބަރު
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މުހިއްމު ބައްދަލުވުމެއް މިރޭ އުކުޅަހުގައި
އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ހިމެނޭ މެމްބަރުން މިއަދު ވަނީ، އއ. އުކުޅަހަށް ވަޑައިގެންފައެވެ. އަދި މިއަދު މެންދުރުފަހު އުކުޅަހުގައި ހުންނަ ކޮންވެންޝަން ސެންޓަރުގައި ވަނީ، އެޕާޓީގެ ޤައުމީ މަޖިލީހުގެ ވޯކިންގ ސެޝަންތަކެއް ކުރިޔަށް ގެންގޮސްފައެވެ. އެހެން ނަމަވެސް އެޕާޓީގެ ފަރާތުން ރަސްމީ ގޮތުން ބާއްވާ ޤައުމީ މަޖިލީހުގެ ބައްދަލުވުން އޮންނާނީ މިރޭގައެވެ.
23 Nov 2023
ޚަބަރު
އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރަކަށް ބިގޭ
ރައްޔިތުންގެ މަޖިލީހުގެ މެޖޯރީޓީ ޕާޓީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރަކަށް އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އިންތިހާބު ކޮށްފިއެވެ.
12 Nov 2023
ޚަބަރު
ނަޝީދުގެ މައްސަލައިގައި ޑިމޮކްރެޓްސްއަށް ރިޔާސަތު ނުބެލެހެއްޓޭ ގޮތައް ހަދަން ހުށައަޅައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމަށް ހުށަހެޅި ގަރާރުގެ މައްސަލަ ކުރިއަށް ގެންދާއިރު، ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ މެންބަރަކަށް ރިޔާސަތު ނުބެލެހެއްޓޭ ގޮތަށް ނިންމައިދިނުމަށް އެދިއްޖެއެވެ.
09 Nov 2023
ޚަބަރު
އެމްޑީޕީން ސްޕްރީމްކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލައިގެ ޙުކުމް އިއްވުން މިއަދު ހަވީރު
އެމްޑީީޕީން ސްޕްރީމްކޯޓަށް މައްސަލަ ހުށައަޅާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި، މަޖިލީހުގެ ނިޒާމްގެ ތެރެއިން ނާޖާއިޒް ނުފޫޒާއި ބާރު ބޭނުންކޮށްގެން އެމައްސަލަ ހުއްޓުވާފައިވާ ކަމަށް ތުހުމަތުކޮށް، އެމައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތުގެ ހައްލެއް ހޯދުމަށެވެ.