Advertisement

ޕީއެންސީއާ ގުޅުނު މެމްބަރުން ސްޓޭޖުގައި ފޮޓޯއަކަށް އެތުރިގެން ---

29 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

އެމްޑީޕީން ވަކިވި މެމްބަރުންނަށް، ޗެއާ ޕާސަން ޝުކުރު އަދާކުރައްވައިފި

އެމްޑީޕީދޫކޮށް، ޕީއެންސީއަށް ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް، އެމްޑީޕީގެ ޗެއާ ޕާރސަން ފައްޔާޒް އިސްމާޢީލް ޝުކުރު އަދާކުރައްވައިފިއެވެ.

މިރޭ އެމްޑީޕީގެ 13 މެމްބަރަކު، ޕީއެންސީއަށް ސޮއެކުރައްވައި، އެބޭފުޅުންގެ މެމްބަރޝިޕް ފޯމްތައް ވަނީ ރައިސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ހަވާލުކުރައްވާފައެވެ.

އެކަމާއި ގުޅިގެން އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒު އިސްމާޢީލް އެކްސްގައި ލިޔުއްވި ޕޯސްޓްގައި ވިދާޅުވީ، މިރޭ އެމްޑީޕީއާ ވަކިވެ ދިޔަ މަޖްލިސް މެމްބަރުން ޕާޓީގައި ކޮށްދެއްވި މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި މިދަނޑިވަޅު ރާއްޖޭގައި ހުދުމުހުތާރުކަން އާލާވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތައިގެން މާތް الله ގެ ވާގިފުޅާއެކު އެމްޑީޕީ ދާނީކުރިއަށް ކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީ ދޫކުރައްވައި ޕީއެންސީއަށް ސޮއެކުރެއްވި، އެމްޑީޕީގެ މެމްބަރުންނަކީ؛

- ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދައިރާގެ އިބްރާހިމް ޝަރީފް

2- ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު

3- ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް

4- ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު

5- ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަހީމް އަބްދުލްހަކީމް

6- ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަނީ އަބްދުލްހަކީމް

7- ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު

8- ރައްޔިތުންގެ މަޖިލީހުގެ  މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު

9- ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދު

10- ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު މެމްބަރު ދާއިރާގެ އާދަމް އަލީ

11- ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު

12- ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން

13- ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝާޒް؛ އެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރައްވަމުން ގެންދެވި މެމްބަރުންގެ ތެރެއިން، 26 މެމްބަރަކު ވަނީ އެޕާޓީ ދޫކޮށްލައި އެހެންޕާޓީތަކާއި ގުޅިފައެވެ. އެހެންކަމުން މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިބި އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ، 43 އެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.