Advertisement

އާދަމް އާޒިމް ކެންޑިޑެންސީ ފޯމް، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލާއި ހަވާލުކުރައްވަނީ --

02 Dec 2023
ޚަބަރު
ނޫން

މާލޭ ސިޓީގެ މޭޔަރުގެ މަޤާމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނީ އާޒިމް

މާލޭ ސިޓީގެ މޭޔަރުގެ މަޤާމަށް ވާދަކުރައްވާނެ އެމްޑީޕީގެ ކެންޑިޑޭޓުގެ ގޮތުގައި އާދަމް އާޒިމް ކަނޑައަޅައި އެމްޑީޕީގެ ޓިކެޓް އާދަމް އާޒިމަށް އެޕާޓީން ދީފިއެވެ.

މާލޭ ސިޓީގެ މޭޔަރުގެ މަޤާމަށް ވާދަކުރައްވާނެ އެމްޑީޕީގެ ކެންޑިޑޭޓުގެ ގޮތުގައި އާދަމް އާޒިމަށް އެމްޑީޕީން ޓިކެޓް ދިނީ، އެޕާޓީގެ ފަރާތުން ޕާޓީގެ ޓިކެޓް ދިނުމަށް ބޭއްވުމަށް ކަނޑައެޅި ޕްރައިމަރީގައި އިތުރު ފަރާތަކުން ވާދަކުރެއްވުމަށް ހުށައަޅާފައި ނުވާތީއެވެ.

މީގެ އިތުރުން، މާލޭގެ ސިޓީކައުންސިލްގެ އަނެއް ތިންދާއިރާއަކަށް ޓިކެޓް ދިނުމަށް އިއުލާނު ކުރި ޕްރައިމަރީއަށްވެސް އެދާއިރާތަކުގައި ވާދަކުރެއްވުމަށް ކެންޑިޑެންސީ ހުށައެޅުއްވީ އެންމެ ބޭފުޅެއް ކަމުގައިވާތީ ޕްރައިމަރީއެއް ނުބާއްވައި އެދާއިރާތަކުންވެސް ވަނީ ޕާޓީގެ ޓިކެޓް ދީފައެވެ.

މިގޮތުން އެމްޑީޕީގެ ޓިކެޓް ދީފައިވަނީ:

މާލޭ ސިޓީގެ މޭޔަރުގެ މަޤާމަށް: އާދަމް އާޒިމް / މ. ސީނުކަރަންކާގެ، މާލެ

މާލޭ ސިޓީ ކައުންސިލްގެ މެދު ހެެންވޭރު ދާއިރާގެ ގޮނޑިއަށް: އަޙްމަދު ރިޝްވާން ރަޝީދު / ހ. ވޭމައުތު، މާލެ

މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ގޮނޑިއަށް: ޙައްވާ ނިޙްލާ / ހ. ތަރްބޫޒުގެ،  މާލެ

މާލޭ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ ގޮނޑިއަށް: އަޙުމަދު ޢިމްރާން / މ. ފަޅުމަތީގެ ، މާލެ

މާލޭ ސިޓީގެ މޭޔަރުގެ މަޤާމު ހުސްވީ ކުރިން އެމަޤާމުގައި ހުންނެވި، ޑރ. މުޙައްމަދު މުޢިއްޒު، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ހޮވިވަޑައިގެންނެވުމާއި ގުޅިގެންނެވެ. އަދި މާލެ ސިޓީ ކައުންސިލްގެ 3 ދާއިރާއެއްގެ ގޮނޑިތައް ހުސްވީ، އެދާއިރާގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުޢިއްޒު އައު ސަރުކާރުގެ ސިޔާސީ މަޤާމުތަކަށް ޢައްޔަނުކުރެއްވުމާއި ގުޅިގެންނެވެ.

މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.