ކޮލަމް
ކޮލަމް
29 Dec 2023
ކޮލަމް
އެމްޑީޕީގެ 13 މަޖިލިސް މެމްބަރުން، ޕީއެންސީއަށް ފޮނުވައި، ގެއްލުނު ވެރިކަން އެމްޑީޕީގެ މުށުތެރެއަށްލީތަ؟
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެއްޕާޓީން އަނެއްޕާޓީއަށް ބަދަލުވުމަކީ، ދިވެހިރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި އައު ކަމެއް ނޫނެވެ. އެންމެ ފުރަތަމަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެހެން ޕާޓީއެއްގައި ހުއްޓައި ގެނައީވެސް އެމްޑީޕީއަށެވެ. ރައީސް މައުމޫނަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވުމަށް ފަހުގައި، އޭރު މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ގޮތުގައި އޮތް، ޑީއާރްޕީގެ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ޢަލީ ވަހީދު އެމްޑީޕީއަށް ސޮއެކުރެއްވުމަކީ، މެމްބަރުން އިންތިޚާބުވި ޕާޓީފިޔަވައި އެހެންޕާޓީތަކަށް ބަދަލުވުމުގެ ފެށުމެވެ.
20 Nov 2023
ކޮލަމް
ޞާލިޙް ކިޔައިގެން ޞާލިޙްވަންޏާ، މުއިއްޒު ކިޔައިގެން ޞާލިޙް ވެދާނެތަ؟
މީހުން އާންމުކޮށް ބުނެ އުޅޭ ވާހަކައެކެވެ. މީހަކަށް ކިޔާނަމަކާ އެމީހާގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުމެއް ހުންނާނެއެވެ. އޭގެ މާނައަކީ އެމީހަކަށް ރަގަނޅު މާނައެއް އޮންނަ ނަމެއް ކިޔައިފިނަމަ، އޭނާ ކުރާނީ ހުސް ރަނގަޅުކަންތައްތައް ބާއެވެ؟ މުޙައްމަދު ކިޔާ މުޅިދުނިޔޭގައި 150 މިލިއަނަށްވުރެން ގިނަ މީހުން އުޅެއެވެ. އޭގެ މާނައަކީ މި 150 މިލިއަން މީހުންނަކީ މުޅިންވެސް ރަގަޅު، ހެޔޮ މީހުން ތޯއެވެ؟