Advertisement

20 Nov 2023
ކޮލަމް

ޞާލިޙް ކިޔައިގެން ޞާލިޙްވަންޏާ، މުއިއްޒު ކިޔައިގެން ޞާލިޙް ވެދާނެތަ؟

މީހުން އާންމުކޮށް ބުނެ އުޅޭ ވާހަކައެކެވެ. މީހަކަށް ކިޔާނަމަކާ އެމީހާގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުމެއް ހުންނާނެއެވެ. އޭގެ މާނައަކީ އެމީހަކަށް ރަގަނޅު މާނައެއް އޮންނަ ނަމެއް ކިޔައިފިނަމަ، އޭނާ ކުރާނީ ހުސް ރަނގަޅުކަންތައްތައް ބާއެވެ؟ މުޅިދުނިޔޭގައި މުޙައްމަދު ކިޔާ 150 މިލިއަނަށްވުރެން ގިނަ މީހުން އުޅެއެވެ. އޭގެ މާނައަކީ މި 150 މިލިއަން މީހުންނަކީ މުޅިންވެސް ރަގަޅު، ހެޔޮ މީހުން ތޯއެވެ؟

ދިވެހިރާއްޖެ ފަދަ ކުޑަ ޤައުމެއްގައި ވެސް ސިޔާސީ ވާދަވެރިކަން މިވަނީ އިންތިހާއަށް އިތުރުވެފައެވެ. ކޮންމެ ރައްޔިތެއްގެ ވެސް އެންމެ ބޮޑު އުންމީދަކަށް ވެފައިވަނީ، ރަނގަޅު، ހެޔޮލަފާ، ޤައުމަށް ފައިދާ ހޯދައިދޭނެ ވެރިޔެއް ޤައުމާއި ހަވާލުވުމެވެ.

މިގޮތުން 2018 ވަނަ އަހަރު ދިވެހި ރައްޔިތުންގެ ތެރެއިން އެއްބަޔަކު ވޯޓު ދިނީ ޤައުމުގެ އިންފަރސްޓްރަކްޗަރއަށް ގެނަސްފައިވާ ތަރައްޤީއަށްކަމަށް ވީއިރު، އަނެއް ބަޔަކު ވޯޓުދިނީ އަނިޔާވެރިކަން ނިމުމަށް ގެނައުމަށްޓަކައެވެ. ނަތީޖާއަކަށް ވެގެންދިޔައީ، އަނިޔާވެރިކަމަށް ނިމުމެއް ގެނެއުމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މި ވަޠަންގެ ހުންގާނުގައި ހިފުމުގެ ފުރުސަތު ލިބުމެވެ.

Advertisement

އޭރުވެސް ކިޔަމުން ދިޔައީ ރައީސް ޞާލިޙްގެ ވެރިކަން ވެގެންދާނީ ޞާލިޙު ވެރިކަމަކަށް ކަމަށެވެ. ވެރިކަން ފެށިގެން ނިމުމާއި ހިސާބަށް ދިޔައިރުވެސް ފެންނަމުންދިޔައީ އަނިޔާވެރިކަމުގެ އަސަރު ފުހެވިގެންގޮސް، ރައްޔިތުންގެ ހައްޤުތަކަށް އެންމެ އިސްކަން ދީގެން ޞާލިޙް ވެރިކަމެއް ކުރަމުން ދިޔަ ޞާލިޙް ރައީސެއްގެ ކެތްތެރިކަމާއި އޯގާތެރިކަމާއި ހިންގުންތެރިކަމެވެ. ހަމަގައިމުވެސް މި ކަމުން ޔަޤީންވިކަމަކީ، ނަމަކަށް ޞާލިޙް ކިޔުމުން ވެރިކަންވެސް ޞާލިޙްވިކަމެވެ.

"ޞާލިޙް" އަކީ އަރަބިބަހެކެވެ. ނަމުގެ މާނައަކީ ހެޔޮލަފާ ރަނގަޅު މީހާއެވެ. ރައީސް ޞާލިޙަކީ، ޞާލިޙް ރައީސެއްކަމަށް ގިނަމީހުން ޤަބޫލް ކުރަމުން ދިޔަ ވަރަށް ގިނަ ސަބަބުތަކެއް ހުއްޓެވެ. އޭގެ ތެރޭގައި ރައީސް ޞާލިޙްގެ ޒަޢާމަތުގައި "ބޮޑު ރަށެއް ކުޑަ ރަށެއް" ނުބަލައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވަނީ ހަމަހަމަކަން އިސްކުރައްވާފައެވެ. އެގޮތުން ފެނާއި ނަރުދަމާ، ބަނދަރު ހެދުން، އިންޖީނުގެތައް އައު ކުރުމާއި އަދި ރަށުގެ ރައްޔިތުންނަށް އުނދަގޫ ނުވާ ސަރަޙައްދުތަކަށް ބަދަލުކުރުމާއި، މަގުހެދުން ފަދަ ރައްޔިތުންނާ ސީދާ ގުޅިފައި ހުރި މުހިންމު އެތައްކަމެއް ވަނީ ފުރިހަމަ ކޮށްދެއްވާފައެވެ.

ތައުލީމީ ދާއިރާއަށް ބަލާލިކަމުގައިވިޔަސް ފެންނަނީ ދުވަހަކުވެސް ހިތަށް ގެނެވިފައިނުވާވަރުގެ އިންގިލާބީ ކުރިއެރުންތަކެއް ގެނަސްދީފައިވާތަނެވެ. ފުރަތަމަ ޑިގްރީއަށް ކިޔަވާ ކޮންމެ ދިވެހި ލޮބުވެތި ރަތްޔިތަކަށް އެކަން ހާސިލް ކުރުން ހިލޭވުން ވެގެން ދިޔައީ، މިއަދުގެ ޒުވާނުންނާއި މާދަމާގެ ޒުވާނުންގެ ދިރިއުޅުން އަލިކޮށްދިން އަލިގަދަ ދަންމަރަކަށެވެ. އަދި މުސްތަޤްބަލަށް އެޅުއްވި އުފާވެރިކަމުގެ ބުރިޖަކަށެވެ.

ޞާލިޙް މުއިއްޒުވި މިސާލަކަށް ބަލާލާއިރު، މީގެ ދެ އަހަރު ފަހަތަށް ޖެހިލަމާ ހިނގާށެވެ. އޭރު އަޅުގަނޑުމެން ތިބީ ބިރުވެރި އަދި ނާމާން ކަމެއްގެ ތެރޭގައެވެ. ދިވެހި އިޤްތިޞާދު އޮތީ މަރުގެ ތުންފަތް މަތީގައެވެ. އަދި މުޅި ގައުމާއި ދުނިޔެވެސް އޮތީ ހުއްޓުމަކަށް އައިސްފައެވެ. އާދެ، ކޮވިޑް-19 ގެ ވާހަކައެވެ. އެ ވަބާގެ ގަދަ އޮއެގައި ރާއްޖެފަދަ ކުޑަ ގައުމެއް ޖެހުނުއިރު، ގައުމު އޮޔާ ދިޔަ ނުދީ ސަލާމަތް ކުރުމަށް ރައީސް ޞާލިޙް ދެއްކެވީ "މުއިއްޒުވީ" އަމަލުތަކެކެވެ. ދިވެހި ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަށް ނެންގެވި މުހިންމު ނިންމުންތަކާއެކީ އަމާން ބަނދަރަކަށް ރާއްޖެ ގެންދިޔައީ ރައީސް ޞާލިޙްއެވެ.

އަދި ނިމިދިޔަ ދައުރު ވެގެން ދިޔައީ ތަފާތު އެކިއެކި ކުރިއެރުމާއި ތަރައްޤީ ދިވެހި ލޮބުވެތި ރައްޔިތުންނަށް ލިބިގެންދިޔަ ދައުރަކަށެވެ. ގިނަމީހުން ބުނާގޮތުން، ނިމިގެން މި ދިޔާއީ ޞާލިޙް ވެރިކަމެކެވެ. ނަމަވެސް މިހާޞާލިޙް ވެރިކަމަކަށް ދެވަނަ ދައުރެއް ނުލިބުނީ ފަހެ ކީއްވެބާއޭ ހިތަށް އަރައެވެ. ރައީސް ޞާލިޙްގެ ޞާލިޙްކަމުގެ ނާޖައިޒު ފައިދާ ބަޔަކު ނެގިކަމަށްވެސް ބައެއް މީހުން ބުނެއުޅެއެވެ. އަނެއްބަޔަކު ބުނާ ގޮތުގައި މާބޮޑަށް ރަނގަޅުވެ، ޞާލިޙްވުމަކީވެސް ރައީސަކަށް އެންމެ އެކަށޭނެ ސިފައެއް ނޫނެވެ. މި ފަދައިން ބުނާ މީހުން ބުނެ އުޅެނީ ރައްޖޭގައި ދެވަނަ ދައުރެއްގެ ވެރިކަން ކުރެވޭނީ ހުދުމުހްތާރު ވެރިއަކަށް ކަމަށެވެ. އެހެންވީމާ އަނެއްކާވެސް ދިވެހިން ބޭނުންވަނީ ހުދުމުހްތާރު ވެރިޔެއްތޯއެވެ؟

ވާހަކައިގެ އަނެއް ފަރާތް ބަލާލަމާ ހިނގާށެވެ. "މުޢިއްޒު" މި ނަމަކީ އަރަބި ބަހުގައި ރައްކާތެރިކަންދޭ މީހާއެވެ. "މުޢިއްޒު" ގެ މާނައިގައި އެ ބުނާ ރައްކާތެރިކަން ދިވެހިންނަށް ލިއްބައިދޭނީ ޤައުމުގައި ތިބިކަމަށް ތުހުމަތު ކުރެވޭ ބޭރުސިފައިން ޤައުމުން ބޭލުމަށްފަހުތޯއެވެ؟ އިންޑިއާ ސިފައިންގެ ހާހަކަށް މީހުން މި ގައުމުގައި ތިބިކަމަށް ރައީސް ޑރ. މުޢިއްޒުގެ ކެމްޕެއިންގައި އަޑު ހަރުކޮށް ފާހަގަ ކުރިނަމަވެސް، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ހާމަކުރިގޮތުގައި ރާއްޖޭގައި ތިބީ 77 އިންޑިއާ ސިފައިންގެ މީހުންނެވެ. އެހެންކަމުން އެ ސިފައިން މިޤައުމުން ހޯދައި، މިޤައުމުން ބޭރުކުރުމަކީ މިސަރުކާރު ދެމިއޮތުމަށް ޒަރޫރީކަމެކެވެ.  

ރައީސް ޑރ. މުއިއްޒުގެ ޞާލިޙްކަމަށް ބަލާލާއިރު، ރައީސްއަކީވެސް ޞާލިޙު އަމަލުތަކާ ދޯޅަ ބޭފުޅެކެވެ. އަޅުގަނޑުމެން އެވަރެޖް މީހަކަށް ނިދިން ހޭލައިގެން ގޮސް ފަތިސް ނަމާދުގެ ޖަމާއަތުގައި ބައިވެރިވުމަކީ ބޮޑު ތަކުލީފަކަށް ވެފައި އޮތް ނަމަވެސް، މި ލޮބުވެތި ވަޠަންގެ ވަލީއުލް އަމްރު ކޮންމެ ދުވަހަކު ޖަމާއަތުގައި ފަތިސް ނަމާދު ކުރުމަކީ ޝައްކެވެސް ނެތް ގޮތުގައި އެ މަނިކުފާނުގެ ޞާލިޙްކަމުގެ  ހެއްކެކެވެ. ހަމަގައިމުވެސް ތިމާގެ ރައްބަށް އިޙްލާސްތެރިވެއްޖެ މީހާ، އެ އިޙްލާސްތެރިކަމުގެ މަތިން އެހެން ކަންކަމުގައި ހަނދާން ނައްތާލަން ބިރުގަނެ ފަސްޖެހޭނެއެވެ.

އަޅުގަނޑުމެންގެ ތެރެއިން ގިނަ ދިވެހިންނަށް ވަރަށް ގިނައިން ކުރެވޭ ކަމެއް އޮވެއެވެ. އެއީ ހީކުރެވޭ ހީކުރުންތަކުގެ މައްޗަށް ބިނާކޮށް މީހުނަށް ފާޑުކިޔުމެވެ. އެގޮތުން ރައީސް މުޢިއްޒުގެ ވެރިކަމަށް ފާޑު ކިއުމުގެ ކުރިން، ސަރުކާރު ހިންގާ ނަތީޖާ ދައްކަން އެ މަނިކުފާނަށް ވެސް ފުރުސަތު ލިބެންޖެހޭނެކަމަށް ދެކެމެވެ. އަދި ބިނާކުރުވަނިވި ފާޑު ކިއުމަށް ހެކި ބޭޏުންވާނެތީ، ފާޑުކިޔުން އަންނަން ވާނީވެސް ނެރޭ ނަތީޖާތަކާ، ހިކުމަތު ޢަމަލީގެ ބޭނުން ހިފާ މިންވަރު ރަގަޅަށް ވަޒަން ކުރުމަށްފަހުގައިކަމަށް ދެކެމެވެ.

ޞާލިޙް ވެރިކަން ވަނީ ނިމިފައެވެ. އަދި ނޮވެންބަރު 17 ވަނަ ދުވަހު އިރު އޮއްސުނީ "މުއިއްޒުވީ" ވެރިކަމަކަށެވެ. މި ދެ ވެރިކަން އަޅާ ކިޔާ އިންސާފުކުރާނީ މި ވަޠަނުގެ ލޮބުވެތި ދިވެހި ރައްޔިތުންނެވެ. މީގެ ފަސް އަހަރު ފަހަށް އިންތިޒާރު ކުރަމާ ހިނގާށެވެ. ދިވެހި ލޮބުވެތި ރައްޔިތުންނަށް އެންމެހާ ހައްޤުތައް ކަށަވަރު ކޮށްދީ ޤައުމު އާރާސްދު ކޮށްދިނީ ޞާލީހް ވެރިކަންތޯ ނުވަތަ "މުޢިއްޒުވީ" ވެރިކަންތޯ ބުނެދޭނީ ވަގުތެވެ.

އިތުރު އާޓިކަލް
06 Dec 2023
ކުޅިވަރު
ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގެ ޕްރެސްގައި ހަތަރު މީޑިއާއަކަށް ބައިވެރިނުވެވޭނެކަމަށް ޔުނައިޓެޑުން އަންގައިފި
އިންގްލިޝް ޕްރިމިއަރ ލީގުގައި ބުދަ ދުވަހުގެރޭ މެންޗެސްޓަރ ޔުނައިޓެޑުން ޗެލްސީއާ ދެކޮޅަށް އޯލްޑް-ޓްރެފަޑްގައި ނިކުންނަ މެޗުގެ ޕްރެސް ކޮންފަރެންސްގައި ހަތަރު މީޑިއާއަކަށް ބައިވެރިނުވެވޭނެކަމަށް ޔުނައިޓެޑުން ބުނެފިއެވެ.
06 Dec 2023
ޚަބަރު
މަޤާމުން ވަކިކުރި މީހުންނަކީ އިދާރީ އޮޅުމަކުން އައްޔަނުކުރެވުނު މީހުން: ރައީސް
ސްޓޭޓް މިިނިސްޓަރަކަށް އައްޔަނުކުރި މުންއިމް މަޤާމުން ވަކިކުރީ އޭނާއަކީ ވާދަވެރި ކެންޑިޑޭޓަށް ކެމްޕޭނުކުރި މީހަކަށްވާތީ ކަމަށް މައުލޫމާތު ލިބިފައެވެ. ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަށް އައްޔަނުކުރި ފަހުމީ ހަސަންއަކީ އޭނާ ސިވިލްސަރވިސސް ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުރި އިރު އެތަނުގެ މުވައްޒަފަަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވި ދައުވާ ކުރެވުނު މީހެކެވެ. އޭނާ މަޤާމުން ވަކިކުރީވެސް އާއްމުންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުުވެފައި ވަނިކޮށެވެ.
05 Dec 2023
ޚަބަރު
މެޑިކަލް ޗެކަޕާއި، ދަރިމައިވުމުގެ ފަރުވާ އާއި ބޯންމެރޯ ޓްރާންސްޕްލާންޓަށް އާސަންދަ ލިބޭ ގޮތް ހަމަޖައްސައިދެނީ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޑޮކްޓަރުންގެ ރިކުއެސްޓާއި އެކު އާސަންދައިން އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދޭ ގޮތަށާއި، އައިވީއެފް, އައިޔޫއައި އަދި ބޯންމެރޯން ހެދޭނެގޮތަށް އާސަންދައިގެ އުސޫލުތައް ބަދަލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
05 Dec 2023
ޚަބަރު
ހައްޖު ފަރުޟުނުވާ 50 މީހަކު ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން މިއަހަރު ހައްޖަށް ފޮނުވައިދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ހައްޖަށް ދިޔުމުގެ ކެރިކުޅަދާނަކަން ލިބިގެންވާ އަދި ހައްޖު އެބައެއްގެ މައްޗަށް ވާޖިބު މީހުން، ހައްޖު ކޯޕަރޭޝަނަށް ހައްޖަށް ދިޔުމަށް ފައިސާދައްކައި، ކޯޓާ ނުލިބިގެން ހައްޖަށް ނުދެވި ތިއްބައި، ރާއްޖެއަށް ލިބޭ މަދުކޯޓާ ބޭނުންކޮށްގެން، ހައްޖު އެބައެއްގެ މައްޗަށް ފަރުޟު ނުވާ މީހުން، ސަރުކާރުން ރައްޔިތުންގެ ފައިސާ ހޭދަކޮށްގެން ހައްޖަށް ފޮނުވައި ދިނުމަކީ، އެންމެ ރަނގަޅުގޮތް ނޫންކަމުގައި ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.