Advertisement

20 Apr 2024
ކޮލަމް
މިފްތާޙް މުޙައްމަދު

މިއަދު ބާރު އޮތީ ތިމާގެ އަތުގައެވެ. ކަންކުރާނީ ކިހިނެއް ހެއްޔެވެ؟

ޑިމޮކްރަސީއެއްގައި ވެރިކަން ފެށިގެން އަންނަނީ ރައްޔިތުމީހާގެ ފުށުންކަމުގައިވުމަކީ، ސިޔާސީގޮތުން އެންމެ ނުފޫޒު ގަދަ މީހާ ވެސް ރައްޔިތު މީހާ ކައިރިޔަށް އައިސް، އެ މީހާގެ އިހުސާސްތައް އަޑުއަހަން މަޖުބޫރުކުރުވާ އެންމެ ބޮޑު ސަބަބެވެ. މީގެ ކުރިން އިޖުތިމާއީ އެއްވެސް މަސައްކަތެއް ނުވަތަ ރައްޔިތުންނަށް މަންފާ ކުރާނެ އެއްވެސް ޚިދުމަތެއްގައި މަސްއޫލުވެ އުޅުނު މީހަކަށް ނުވިޔަސް، ނުވަތަ އިންތިހާބީ މަގާމެއްގައި ހުރެ ރައްޔިތުންނާ ފިލައިގެން އުޅުނު މީހަކަށް ވީނަމަވެސް، އިންތިހާބެއްގައި ވާދަކުރާނަމަ، އެ އިންތިހާބެއް ބޯމަތިވުމުން ރައްޔިތުންގެ އެންމެ ކައިރީގައި ތިބެން އެ މީހުނަށް މަޖުބޫރުވެއެވެ

އެހެންކަމުން، ސިޔާސީ މީހާ ރައްޔިތު މީހާގެ ބާރުވެރިކަމުގެ ދަށަށް އަންނަ ދުވަހަކީ، ރައްޔިތު މީހާ ވެރިމީހާއަށްވާ ދުވަސް ނޫންތޯއެވެ. ވެރިކަން ލިބޭ ވަގުތަކީ ގިނަ މީހުން ހަމަބުއްދި ފިލައި ގޮސް، ދުނިޔަވީ އެދުމުން ފޯވާ ހިނދުކޮޅެއްކަމަށް އަބަދުވެސް އެންމެން ކިޔައެވެ. މިއީ، މި ޖީލާއި މީގެ ކުރީގެ ޖީލުތަކުގައި ވެސް މިކަން ހިނގާފައިވާ ގޮތެވެ. މިކަން ތިމާޔަށް ކުރިމަތިވުމުން، ތިމާ ކަންކުރާނީ ކިހިނެއް ހެއްޔެވެ؟ އިސްކުރާނީ އަމިއްލަ އެދުން ހެއްޔެވެ؟ ނޫނީ އިހްލާސްތެރިކަން ހެއްޔެވެ؟

ފެހި ގާނޫނު އަސާސީއާއެކު، ދިވެހި ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް ކުރަމުން އަންނަތާ މިހާރު ގިނަ އަހަރުތަކެއް ވެއްޖެއެވެ. ވެރިކަމުގެ މިފަދަ ނިޒާމެއްގައި ހުރި ފައިދާތަކާއި ގެއްލުންތައް މި ޖީލުގެ ގިނަ ބަޔަކަށް އެނގި ދަސްވެއްޖެއެވެ. ގިނަ ރައްޔިތުން އެއްބަސްވާ ގޮތުގައި، ވެރިކަމުގެ އާރާއި ބާރު ލިބޭ ދުވަހު، ސިޔާސީ ގިނަ މީހުންގެ ބަހާއި އަމަލާ ދިމާވާ މިންވަރާއި، ގައުމަށް ތަރައްގީ އާއި ތަމައްދުން ގެންނަން މަސައްކަތްކުރާ މިންވަރާއި އަދި އިންތިހާބުތަކާ ދިމާކޮށް ރައްޔިތުންގެ އިހުސާސްތަކާ ކުޅެލުމަށް ގެންގުޅޭ ގިނަ އުކުޅުތައް ވެސް، މި ޖީލުގެ ގިނަ ބަޔަކު މިހާރު ދަސްކޮށްފިއެވެ

މީގެ އިތުރުން، ބާރުވެރިކަން ލިބުމާއެކީ ތިމާގެ ހަސަބާއި ނަސަބު އޮޅި، ދީނާއި ގައުމިއްޔަތުގެ ރިވެތި އަހުލާގުގެ މަތިން ގިނަ ސިޔާސީ ވެރިން ހަނދާން ނައްތާލާކަމަށް، ސިޔާސީ ގޮތުން ކޮންމެ ފިކުރަކަށް ތާއީދު ކުރާ މީހަކަށް ވީނަމަވެސް އެއްބަސްވެއެވެ. އަދި، ކާށި ކެވޭނީ ދަތްހުރި ދުވަހުއޭ ބުނާ ފަދައިން، ބާރު ލިބޭ ދުވަހަކީ މުޅި ދައުލަތް ދަވާލާފައި ވިޔަސް، އެ ބަޔަކު ބޭނުންކަމެއް ކުރަން އޮންނަ ދުވަހެއް ކަމަށް ގިނަ ސިޔާސީ ވެރިން ގަބޫލު ކުރާކަމަށް ބުނެ ދެކެވޭ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. އެ ދުވަހުގެ ފައިދާ ލިބޭ މީހުން އަނގައިގަ ޓޭޕު އަޅައިގެން ތިއްބަސް، އެ ދުވަހުގެ ފައިދާ ނުލިބޭ މީހުން މިކަމާ ދެކޮޅަށް އަޑު އުފުލައެވެ. އިހުތިޖާޖު ކުރެއެވެ. ގާނޫނަށް ބޯލެނބުމަށް ނަސޭހަތްތެރިވެއެވެ. މި ހުރިހާ ހުއްޖަތަކާއެކު، އެ ދުވަހުގެ ފައިދާ ނުލިބޭ މީހުންގެ ވެސް ހަގީގީ ބޭނުމަކީ ބާރުވެރިކަން އެމީހުންގެ މުށުތެރެއަށް ގެނައުން ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ކަން މިހެން އޮތްއިރު، މުޖުތަމައުގައި އާންމުވަމުން މިދާ ނޭދެވޭ ކަންކަމަށް ނުރުހި، އެކަންކަން ނިމުމަކަށް ގެނައުމަށް ބޭނުންވާ މީހުން ވެސް ވަރަށް ގިނައެވެ. ރާއްޖޭގެ އިޖުތިމާއި ފޭރާން ހަލާކުވެ، ހަލާލެއް ހަރާމެއް ނުބަލާ ސިޔާސީ އޮއިވަރުގައި ދުނިޔޭގެ ފައިދާއަށް ގިނަ ބަޔަކު ދަނީ ހެއްލެމުންނެވެ. މިކަމާ ޝައްކު ކުރެވެން ނެތްހާ ފާޅުކަން ބޮޑު ގޮތެއްގައި ކޮރަޕްޝަންގެ ނޭދެވޭ އަމަލު ވެސް ހިންގަނީއެވެ. އިންތިހާބަށް ނުފޫޒު ފޯރާ ގޮތަށް، ބައެއް ސިޔާސީ ވެރިން ފައްކާކުރާ މަޅީގައި، އިއްޔެ އެމީހުންގެ އެފަދަ އަމަލުތަކަށް ފާޑު ކިޔަންއިން މީހާ ވެސް ޖެހި ނިމިއްޖެއެވެ. ސަލާމަތުން ތިބީ މަދު ބައެކެވެ

ސިޔާސީ މޫސުމުގައި ހިންގަމުންދާ މިފަދަ ހަޑި މުޑުދާރު އަމަލުތަކާ ދުރުގައި ތިބި މީހުން އިންތިޒާރުކޮށްކޮށް އެ ތިބީ އެންމެ ދުވަހަކަށެވެ. އެއީ ވޯޓު ކަރުދާސްކޮޅު އަތަށް އަރާ ދުވަހަށެވެ. ކަމަށް އެކަށޭނަ އެންމެ ރަގަޅު މީހާ އިންތިހާބުގައި ވާދަކުރާކަމަށް ގަބޫލު ނުކުރެވުނަސް، އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ރަގަޅު މީހާއަށް ވޯޓު ދިނުމަށް އެމީހުން ތިބީ ކެތްމަދުވެފައެވެ.

ކަޅާ ހުދުގެ ގިނަ މަންޒަރުތައް ދެއްކުމަށްފަހު ރައްޔިތު މީހާއަށް ވެރިކަން ލިބޭ ދުވަހަކީ އެއީއެވެ. މިއީ އާދައިގެ ކަމެއް ނޫނެވެ. ފާއިތުވި ތާންގައި ދެކޮޅު ނުޖެހޭ ސިޔާސީ ކަންކަމަކަށް އިއްޔެ ފާޑު ކިޔުމަށްފަހު، އެ ކަންކަމާ ގުޅުވައި ބަސް ބުނުމުގެ ފުރުސަތު މި ހޯދައިދެނީ ވޯޓުލުމުގެ ހައްގެވެ. އެ ދުވަހު އެންމެ ބާރުގަދަވާނީ އެ ރައްޔިތު މީހާ ބުނާ ބަހެވެ. އެމީހާ ޖަހާ ފާހަގައެވެ.

އެ ދުވަހު ތިމާ އެ ބާރުގެ ބޭނުން ކުރާނީ ކިހިނެއް ހެއްޔެވެ؟ ގައުމިއްޔަތުގެ ސިފަތަކާއި ދީނުގެ ރުކުންތަކަށް އެ ދުވަހު ފަރުވާލެއް ބަހައްޓާނަން ހެއްޔެވެ؟ އިޖުތިމާއީ ފޭރާން އިސްކުރާނަން ހެއްޔެވެ؟ އިންސާފާއި ހަމަހަމަކަމަކީ މުޖުތަމައުގެ ކޮންމެ ފަރުދެއްގެ ހައްގަކަށް ވާންޖެހޭނެކަމަށް ތިމާ ގަބޫލުކުރާއިރު، ވަގުތުގެ ފައިދާ ނަހަމަ ގޮތުގައި ބޭނުންކުރަން ވިސްނަމު ހެއްޔެވެ؟ ސޯޝަލް މީޑިއާގައާއި ކޮފީތަކުގައި، ވައްކަމާއި، ބޭއިންސާފާއި، ތަފާތު ކުރުމާ ދެކޮޅަށް ތިމާ ބުނި ބަސްތައް ހަނދާނުގައި ބަހައްޓާނަމު ހެއްޔެވެ؟ އެ ދުވަހު ތިމާ ހެއްލޭނީ ދުނިޔަވީ އުފަލަށް ހެއްޔެވެ؟ ސިޓީ އުރައަކަށް ހެއްޔެވެ؟ ނުވަތަ ވަޒީފާއަކަށް ހެއްޔެވެ؟

ކިޔުންތެރިންނޭވެ. އިންތިހާބާ ގުޅުވައި ތިމާއަށް ލިބޭ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާށެވެ. ރިޝްވަތުގެ ފައިސާގައި ނުޖެހޭށެވެ. މިކަމާއި ގުޅުވައި ވަޒީފާ ހޯދުމާއި، މަގާމުގެ ކުރިއެރުން ހޯދުން ފަދަ ކަންކަމުން ތިމާ ދުރުހެލިވާށެވެ. ދީނީ ގޮތުން މިއީ ނުރައްކާތެރިކަމަކަށް ވެފައިއޮތް ހިނދު، އެކަމުގެ އެއް ހިކުމަތަކީ، އިޖުތިމާއީ ފޭރާން ހަލާކުވެދިޔަ ނުދިނުމެވެ. ގާތް ތިމާގެ މީހަކަށް، ރަހުމަތްތެރިއަކަށް ނުވަތަ އެނޫންވެސް ގުޅުމެއް އެމީހަކާ އޮތުމަކީ ތިމާ އެމީހަކަށް ވޯޓު ދޭންޖެހޭ ސަބަބެއް ނޫނެވެ. ތިމާގެ ބޮލުގައި އެޅިފަ އޮތް ޒިންމާއަކީ، އެ އިންތިހާބު ކުރެވޭ މަގާމަކަށް އެންމެ އެކަށޭނަ މީހާއަށް ވޯޓު ދިނުމެވެ. ކުރަންވީ އެކަމެވެ. އެހެން ނޫންނަމަ މުޖުތަމައު އިތުރަށް ފަސާދަވެ، މާދަމާ އަންނަން އޮތް ޖީލަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަން ހަމަޔަގީނެވެ. އެކަމުގައި ބައިވެރިވާ މީހަކަށް ތިމާ ނުވާށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.