Advertisement

04 Jan 2024
ކޮލަމް

ބާރު އަބަދުވެސް އޮތީ އެއްބައިވަންތަކަމާއެކު

ޚަދީޖާ އިމްހާ އިބްރާޙިމް

"ބާރު އަބަދުވެސް އޮތީ އެއްބައިވަންތަކަމާއެކު" މި ބުނުމުގައި އިންސާނީ ހާލަތާ ބެހޭ އަސާސީ ހަގީގަތެއް އެކުލެވިގެންވެއެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގެ ބާރަކީ އަޅުގަނޑުމެންގެ ފަރުދީ މަސައްކަތުގެ ނަތީޖާއަށްވުރެ މާ ބޮޑު ބާރެކެވެ. މި އުސޫލަކީ ޚާއްޞަކޮށް މުޖުތަމަޢުއާއި ގުޅުންހުރި އުސޫލަކަށްވެފައި، އެ އުސޫލަކީ އެއްބައިވަންތަކަމުގެ ގުޅުންތަކުގެ ސަބަބުން ތަފާތު ކާމިޔާބީތަކާއި ވަރުގަދަ ޖަމާޢަތުގެ ރޫޙެއް އުފެދިދާނެ އުސޫލެކެވެ. އެހެންކަމުން މުޖުތަމަޢުތައް ބިނާވެ ކުރިއަރަމުން އަންނަ މައިގަނޑު ސަބަބަކީވެސް މި އުސޫލުގައި ފުރިހަމައަށް ހިފެހެއްޓުމުން ކަމުގައި ބެލެވިދާނެއެވެ.

އެއްބައިވަންތަކަމަކީ ވަކިވަކި ފަރުދުން އެއްކޮށް ބަނދެ، އާންމު ލަނޑުދަނޑިތަކާ ދިމާއަށް މަސައްކަތްކޮށް، ޖަމާޢަތުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަގުފަހިކޮށްދޭ ހަތިޔާރެކޭ ވެސް ބުނެވިދާނެއެވެ. ދިވެހިރާއްޖޭގައި ވެސް، ގިނަ މުޖުތަމަޢުތަކެކޭ އެއްފަދައިން، އަޅުގަނޑުމެންގެ ސަޤާފަތާއި އިސްލާމީ ވަހުދަތުގައި އެއްބައިވަންތަކަން ވަރަށް ފުންކޮށް ބިންވަޅު ނެގިފައި އެބަހުއްޓެވެ. އެއީ ކުޑައިރުއްސުރެ ދަސްކޮށްދީފައި އޮންނަނީ، ދިވެހިންނަށް ވަކިވަކިން ކުރެވޭ ވަރަށް ވުރެ ގިނަ ކަންތައްތަކެއް އެކުގައި ޙާޞިލުކުރެވޭނެ ކަމެވެ. މިކަން ފާހަގަކުރެވިފައިވަނީ ގުދުރަތީ ކާރިސާތަކުގައި ނުވަތަ މުޖުތަމައުއަށް ދިމާވާ އެކިއެކި ހާދިސާތަކުގައެވެ.

އެއްބައިވަންތަކަމަކީ ޙަޟާރަތްތައް ބިނާވެފައިވާ ބިންގަލެވެ. އެއީ މީހުންގެ ހުނަރާއި ޢިލްމާއި ވަސީލަތްތައް އެއްކޮށްލައިގެން އެއް މަޤްޞަދުތަކެއް ޙާޞިލުކުރެވޭނެ ބާރެކެވެ. އެއްބައިވަންތަ މުޖުތަމަޢެއްގައި ފަރުދުންނަކީ ހަމައެކަނި އެކަހެރި އުފެއްދުންތަކެއް އުފައްދާ ޖަމާއަތެއް ނޫނެވެ. އޭގެ ބަދަލުގައި އެއްބައިވަންތަކަމާއެކު މަސައްކަތްކުރާ އެކުވެރި ބަޔަކު ދިރިއުޅޭނެ މާހައުލެކެވެ. މި ޤަބޫލުކުރުމުގެ ސަބަބުން އެބައެއްގެ ޤާބިލުކަން އިތުރުވެގެން ދިއުމާއި އެކު، އެއް މަޤްޞަދެއްގެ އިޙްސާސާއި، އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުން ދޭނެކަމުގެ އިޙްސާސް ވެސް ކުރެވިގެންދެއެވެ.

އެއްބައިވަންތަކަމުގެ ފައިދާތައް އެތައް ގޮތަކުން ފެންނައިރު، މުޖުތަމަޢުގެ އެކި ދިމަދިމާއިން އެކަމުގެ މިސާލުތައް ފާހަގަކުރެވެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފައިދާއަކީ ސުލްހައާއި ހަމަޖެހުން ޤާއިމްކުރެވުމެވެ. ވަކިވަކި ފަރުދުން އެއްބަޔަކު އަނެއް ބަޔަކާ އެކު އެއްބައިވަންތަ ވުމުން، ކޯޅުންތައް މަދުވެ، ސުލްހަވެރިކަމާއެކު އެއްބަޔަކު އަނެއްބަޔަކާ އެކު ދިރިއުޅުމެއް އުފެދެއެވެ. މިއީ ޚާއްޞަކޮށް ތަޢުލީމީ މާޙައުލުތަކާއި ގުޅުންހުރި ކަމަކަށް ވެފައި، އެކި ފަންތީގެ ދަރިވަރުންނަށް އެއް މަޤްޞަދެއް ހާސިލްކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ އަގު ދަސްކުރެވޭނެ ކަމެކެވެ. އަދި އެއްބައިވަންތަކަމުގެ ސަބަބުން އުފެއްދުންތެރިކަމާއި އާ އުފެއްދުންތައް އިތުރުވެގެންދެއެވެ. މީހުން އެއްބާރުލުން ދޭއިރު، ތަފާތު ނަޒަރިއްޔާތަކާއި ޚިޔާލުތައް މޭޒުމައްޗަށް ގެނެސް، ކަންތައްތައް ކުރުމަށް އިތުރު އުފެއްދުންތެރި އަދި ފައިދާހުރި ހައްލުތަކެއް ލިބިގެންދެއެވެ. މި އެއްބާރުލުން ދިނުމުގެ ރޫހަކީ ޓެކްނޮލޮޖީ، ސައިންސް، ނުވަތަ އިޖުތިމާއީ އިސްލާހުގެ ދާއިރާއިން ވިޔަސް ނުވަތަ ހާޖާނުބޮޑު މައްސަލަތަކާ ކުރިމަތިލާ ހައްލު ހޯދުންފަދަ މުހިންމު ކުރިއެރުންތަކެއް ހާސިލްކުރުމަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ.

އެއްބައިވަންތަކަމުން އެ ލިބޭ ބާރަކީ ކޮންމެ މުޖުތަމަޢެއްގެ ތަނަވަސްކަމާއި ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. އެއީ އިންސާނީ ތަޖުރިބާއިން އުފެދޭ ތަފާތު ޙިޔާލުތައް ވަރުގަދަކުރުވާ، އެ ކަންކަމުން އިޖާދީ ނަތީޖާތައް ނެރެދޭ ހަކަތައެވެ. ޒަމާނީ ގޮންޖެހުންތަކާއެކު ދިރިއުޅުމުގެ ދުވަސްތައް ވޭތުކުރަމުން ދާއިރު، ތަރައްޤީ ހޯދުމަށް އެންމެން އެކީ ކުރާ މަސައްކަތުގެ ނާރެހަކީ، މި ބުނާ އެއްބައިވަންތަކަމެވެ. އެއްބައިވަންތަކަން ގަބޫލުކުރާ މުޖުތަމަޢުތަކުގެ ހުންގާނު ހުންނާނީ ކުރިއެރުމާއި، ހަމަޖެހުން ދެމިއޮންނަ ކާމިޔާބީގެ މަގަކަށެވެ. އެހެންކަމުން، އަޅުގަނޑުމެންގެ މުޖުތަމަޢުގެ އެއްބައިވަންތަކަމާއި އަޙުވަންތަކަމަކީ އަޅުގަނޑުމެންގެ މުޖުތަމައުގެ ކުރިއެރުމާއި އަޅުގަނޑުމެންގެ ދަރީންގެ މުސްތަގުބަލު ބިނާކުރުމަށް މިއަދު އެޅޭ މުހިންމު ފިޔަވަޅެއްކަން ދަނެ، ދިރިއުޅުމުގެ ކޮންމެ ދާއިރާއެއްގައިވެސް އެއްބައިވަންތަކަމުގެ ރީތި އުސޫލު ދަމަހައްޓަމާ ހިނގާށެވެ.

މިއީ ޚަދީޖާ އިމްހާ އިބްރާޙިމް، ވިލަރެސް/ޅ. ހިންނަވަރު، ލިޔެފައިވާ ލިޔުމެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.