Advertisement

ރައްުޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް --

11 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

އެމްޑީޕީގެ ސަރުކާރަށް ކުރި ތުހުމަތުތައް ބަލަން މަޖިލީހުން ފާސްކޮށްފި

ކުރީ ސަރުކާރުން ރާއްޖޭގެ ޤައުމީ ސަލާމަތާއި ދާޚިލީއަމަނަށް ނުރައްކާވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ މިހާރުގެ ސަރުކާރުގައި ހިމެނޭ ފަރާތްތަކުން ކޮށްފައިވާ ތުހުމަތުތަކާއި ގުޅޭ ގޮތުން އިންކުއަރީއެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ނިމިދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމީ ސަލާމަތަށް އަސަރުކޮށްފައިވާކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ޙަޤީޤަތް ދެނެގަނެ ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށައެޅުއްވީ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީއެވެ. މިޤަރާރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރައްވާފައި ވަނީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެމްބަރުންގެ ތެރެއިން 53 މެމްބަރުންގެ އިއްތިފާޤުންނެވެ.

އިންކުއަރީއެއް ހެދުމަށް އެ ޤަރާރުގައި ގޮވާލާފައި ވަނީ، ރާއްޖޭގައި ހަތިޔާރު އެޅި އެތައްހާސް އިންޑިއާ ސިފައިންނެއް ތިބި ކަމަށާއި، ޗާގޯސް މައްސަލައިގައި ރާއްޖެއިން ކަނޑު ވިއްކާލީ ކަމަށް ބުނެ ކޮށްފައިވާ ތުހުމަތު ތަކާއި ގުޅޭ ގޮތުންނެވެ.

މިސަރުކާރަށް މަހެއް ވުމާއި ގާތްވެފައިވާއިރު، ޗާގޯސް ކަނޑުގެ މައްސަލައިގައި މިހާރު މިސަރުކާރުގައި ތިއްބެވި ސިޔާސީ އިސްފަރާތްތަކުން އިދިކޮޅުގައި ތިބެ ކުރި ތުހުމަތުތަކަކީ ހަޤީޤަތެއްކަން އެފަރާތްތަކުން ސާބިތުކޮށްދީފައެއް ނުވެއެވެ. މީގެ އިތުރުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސާފު އަދަދެއް އަދިވެސް ނޭނގޭކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.