Advertisement

އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒް އިސްމާއީލް

11 Dec 2023
ޚަބަރު

މިސަރުކާރުން ޗާގޯސް ދިވެހިންނަށް ހޯދައިދޭން ޖެހޭނެ: ފައްޔާޒް

ޗާގޯސްއަކީ ދިވެހިންގެ ތަނެއްކަމަށް ބުނަމުން އަދި އެމްޑީޕީ ސަރުކާރުން ޗާގޯސް ކަނޑު މޮރީޝަސްއަށް ވިއްކާލީކަމަށް ބުނެ ދޮގާއި ފިތުނަވެރި ވާހަކަތަށް ފަތުރައިގެން ވެރިކަމަށް އައިސް ތިބި މީހުން ޗާގޯސް ދިވެހިންނަށް ހޯދައިދޭން ޖެހޭނެ ކަމުގައި އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ، މާލޭ ސިޓީގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުން ތަޢާރަފްކުރުމަށާއި، އެމްޑީޕީގެ ކެމްޕޭން ރަސްމީގޮތުން ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

"މިސަރުކާރުން ޗާގޯސް އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ މިލްކިއްޔާތަކަށް ހަދަން ޖެހޭނީ. އެވަޢުދުގެ މަތީގައި ވެރިކަމަށް އައި އެތިބީ."

އެމްޑީޕީގެ ޗެއާ ޕާސަން - ފައްޔާޒް އިސްމާޢީލް

އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު، އިޓްލޮސްއިން ވަނީ، އައްޑޫއާސިޓީއާ، ޗާގޯސް އައިލެންޑްސް އާ ދެމެދުއޮތް ޗާގޯސް ކަނޑުގެ ސަރަހައްދު ހަމަޔަށް ދެބަޔަށް ބަހާފައެވެ. ކަނޑުގެ ސަރަހައްދު ބަހަން ޖެހުނީ، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އައިސީޖޭއަށް، މޮރިޝަސްއިން ޗާގޯސްގެ މައްޗަށް ސިޔާސަދަތީ ބާރުވެރިކަން ހޯދުމަށް ކުރި ދައުވާގައި، ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ކަނޑައަޅައި އައިސީޖޭއިން ހުކުމް ކުރުމާއި ގުޅިގެންނެވެ. އަދި އެނިންމުމާއި އެކު ކަނޑުގެ ސަރަހައްދު ބެހުމަށް މޮރިޝަސްއިން ވަނީ، އިޓްލޮސްއަށް މައްސަލަ ހުށައަޅާފައެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި، މިހާރުގެ ސަރުކާރުގެ އިސްފަރާތްތަކުން ވަނީ، އެމްޑީޕީ ސަރުކާރުން ޗާގޯސްގެ ކަނޑުގެ ސަރަހައްދު ސިއްރު ޑީލެއް ހަަދައި މޮރިޝަސްއަށް ވިއްކާލީ ކަމަށް ބުނެފައެވެ. އަދި މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ސިޓީފުޅު ހާމަކުރުމަށްވެސް އޭރު ގޮވާލިއެވެ.

މިސަރުކާރަށް މަހެއްވާން ގާތްވެފައި ވާއިރު، އޭރު ވައުދުވި ގޮތަށް، ޗާގޯސްގެ މައްސަލައިގައި ކުރި އެއްވެސް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވިކަމަށް ބުނާ ސިޓީފުޅުވެސް މިސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.