Advertisement

29 Nov 2023
ޚަބަރު

މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް ކުރިމަތިލުމަށް އެމްޑީޕީން ހުޅުވާލައިފި

މާލޭ ސިޓީގެ ކައުންސިލްގެ މޭޔަރުގެ ގޮނޑި ހިމެނޭހެން އެ ކައުންސިލުން ހުސްވެފައިވާ 4 ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިފިއެވެ.

އެމްޑީޕީން ބުނީ މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ އެ ގޮނޑިތަކަށް އެ ޕާޓީގެ ފަރާތުން ކުރިމަތިލުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ފޯމް ހުށަހަޅަންޖެހޭ ކަމަށެވެ. މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ ޖެނުއަރީ މަހު 13 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާރު ވަނީ ނިންމާފައެވެ.

މާލޭ މޭޔަރުކަމުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމު އަދާ ކުރައްވަމުން ގެންދެވި، ޑރ. މުޙައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގަތުމުންނެވެ. މިހާރު ވަނީ މޭޔަރުގެ މަގާމާއެކު ޖުމުލަ ހަތަރު ގޮނޑިއެއް މާލޭ ސިޓީ ކައުންސިލުން ހުސްވެފަ އެވެ. 

މާލޭ ސިޓީ ކައުންސިލުން ހުސްވެފައި ވަނީ މާފަންނު ދެކުނު ދާއިރާ އާއި މެދު ހެންވޭރު ދާއިރާ އާއި އަދި ހެންވޭރު ދެކުނު ދާއިރާ އެވެ. މީގެ ތެރެއިން މާލޭގެ މޭޔަރު ކަމަކީ ވަކިން މުޅި މާލޭ ސިޓީން ވޯޓުލައިގެން އިންތިހާބު ކުރާ މަގާމެކެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.