އެމް. ޑީ. ޕީ
27 Feb 2024
ޚަބަރު
ވެރިކަން ބަދަލުވުމާއެކީ އައްޑޫގެ ތަރައްގީ މަޑު ޖެހިއްޖެ: މެމްބަރު ނާޒިލް
ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އައްޑޫ ސިޓީ ދެކެމުން އައި ތަރައްގީ މަޑުޖެހިއްޖެ ކަމަށާއި، އެ ސަރުކާރުން އައްޑޫގައި ފަށާފައިވާ ގިނަ މަޝްރޫއުތައް މިހާރު މަޑުޖެހިއްޖެކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު، އަދި ވިހި ވަނަ މަޖިލީހުގައި ވެސް އެ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ އިބްރާޙިމް ނާޒިލް ވިދާޅުވެއްޖެއެވެ. ނާޒިލް މިހެން ވިދާޅުވީ، އެމްޑީޕީގެ މަޖިލިސް ކެމްޕޭން ފެށުމުގެ ގޮތުން "މިސްރާބު ހަމަމަގަށް" މި ނަމުގައި މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
26 Feb 2024
ޚަބަރު
ރާއްޖެ އިތުރު އަނދަވަޅަކަށް ވައްޓާ ނުލާ އަދިވެސް ހިފެހެއްޓޭނީ އެމްޑީޕީއަށް މެޖޯރިޓީ އޮވެގެން: ފައްޔާޒް
ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައްޔިތުން ކުރިޔަށްލާ ރައްޔިތުންގެ ހައްޤުގައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް އެސަރުކާރު ވައްޓާލީ ރައްޔިތުންގެ ތެރޭގައި އަނިޔާވެރިކަން ޤާއިމްކުރުމަށް ބޭނުންވާ ބައެއް ކަމުގައެވެ.
26 Feb 2024
ޚަބަރު
ޕާޓީގައި ދެމި ތިބުމަށް ވަޢުދުވެ އިޤުރާރުވުމާއިއެކު އެމްޑީޕީގެ ކެންޑިޑޭޓުންގެ ރަސްމީކެމްޕޭން ފަށައިފި
"މިސްރާބު ހަމަމަގަށް" މި ޝިއާރުގެ ދަށުން މިރޭ، އެމްޑީޕީގެ ރަސްމީ ކެމްޕޭން ފަށާފައި ވާއިރު، މިޖަލްސާގައި އެމްޑީޕީގެ އެޑްވައިޒަރ އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި، އެމްޑީޕީގެ އައު ރައީސް ޢަބުދުﷲ ޝާހިދާއި، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި، އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި އާއްމު މެމްބަރުންގެ ތެރެއިން ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވިއެވެ.
26 Feb 2024
ޚަބަރު
އެމްޑީޕީގެ މަޖިލިސް ކެމްޕޭން ލޯންޗު ކުރުން މިރޭ
އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެޕާޓީގެ ކެމްޕޭން ރަސްމީކޮށް އިފްތިތާޙްކުރުމަށް ބާއްވާ ޖަލްސާ އޮންނާނީ މިރޭ 8:30ގައި އާޓިފިޝަލް ބީޗުގައެވެ.
22 Feb 2024
އެމް. ޑީ. ޕީ
މަޖިލިސް އިންތިޚާބަށް އެމްޑީޕީން މިފަހަރު ނުކުންނަނީ، މިސްރާބު ހަމަ މަގަށް އެޅުވުމަށް!
އެޕާޓީން ހާމަކޮށްފައިވާ ގޮތުގައި މިފަހަރު ރައްޔިތުންގެ މަޖިލީހަށް އެޕާޓީން ކަނޑައެޅި ޝިޢާރަކީ، "މިސްރާބު ހަމަ މަގަށް" މިޝިއާރެވެ.
19 Feb 2024
ޚަބަރު
ރިޔާސީ ބަޔާނަށް ދިން ޖަވާބު: ޤައުމަށް ކުރިމަތިވެފައިވާ މުހިއްމު މައްސަލަތަކަށް އަލިއަޅުވާލާފައެއް ނެތް - އެމްޑީޕީ
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން އިދިކޮޅު ޕާޓީން މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވާ ރިޔާސީ ބަޔާނަށް ޖަވާބުދޭން ޖެހެއެވެ. އެމްޑީޕީގެ ފަރާތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވީ އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ)އެވެ.
16 Feb 2024
ޚަބަރު
އައިއެމްއެފް ގެ ޕްރޮގްރާމަކަށް ދާންޖެހޭނީ ސަރުކާރުގެ ކަންކަން ކުރުމުގެ ވައްޓަފާޅި ނެތްނަމަ: ފައްޔާޒް
ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކަމަށާއި، އަބަދުވެސް ޗެލެންޖް އޮތީ ސަރުކާރުގެ މާލީ ހާލަތުގައި ކަމަށެވެ. އަދި ޚާރިޖީ ގުޅުންތައް ދަމަހައްޓައި ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ނުވާގޮތައް ކަންކަން ހައްލުކުރެވެން ވާނެ ކަމުގައި ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ، އައިއެމްއެފް ގެ ފްރޮގްރާމަކަށް ނުގޮސްވާންވާނެ ކަމަށާއި، ދާންޖެހޭނީ ކަންކުރުމުގެ ވައްޓަފާޅިނެތްނަމަ ކަމަށެވެ.
13 Feb 2024
ޚަބަރު
އެމްޑީޕީގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބު އަންނަމަހު 2 ގައި
އެމްޑީޕީން ބުނީ، އެޕާޓީގެ، ރައީސް ކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ މެންބަރުންނަށް އެފުރުޞަތު މިއަދުން ފެށިގެން 20 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
12 Feb 2024
ޚަބަރު
މަޖިލިސް އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ މެމްބަރުން ކެންޑިޑެންސީ ފޯމް ހުށައަޅައިފި
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިފަހަރު 93 ދާއިރާއަކުން ކެންޑިޑޭޓުން ކުރިމަތިލައްވާއިރު، ހުރިހާ ދާއިރާއަކަށްވެސް ކެންޑީޑޭޓުން ނެރޭނެ ކަމުގައި އެމްޑީޕީން ވަނީ ބުނެފައެވެ.
06 Feb 2024
ޚަބަރު
ޕްރައިމަރީ ކާމިޔާބު ކުރިނަމަވެސް ޖާބިރަށް ކާށިދޫ ދާއިރާގެ ޓިކެޓް ނުދިނުމަށް އެމްޑީޕީން ނިންމައިފި
ހ.ތިމާވެށި އަބްދުﷲ ޖާބިރު، މި ޕާޓީގެ މެންބަރެއްގެގޮތުގައި އަދި ކެނޑިޑޭޓަކަށްވެހުރެ، މުޖުތަމައުގެ އާއްމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީއެވެ.
05 Feb 2024
ޚަބަރު
ރިޔާސީ ބަޔާން އިއްވާ މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކުރުމަށް އެމްޑީޕީން ނިންމައިފި
ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވާ، މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި އެމް.ޑީ.ޕީގެ ޕާލިމަންޓަރީ ގްރޫޕުގެ މެންބަރުން ހާޒިރުނުވުމަށް، ޕާލިމަންޓަރީ ގްރޫޕްގެ 148 ވަނަ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައި ކަމަށެވެ.
04 Feb 2024
ޚަބަރު
މަޖީލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފި
މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ މައްޗަށް ޢިތުބާރުނެތްކަމުގެ މައްސަލަ ހުށައަޅުއްވާފައި ވަނީ، އެމްޑީޕގެ ޓިކެޓްގައި މަޖިލީހުގެ ގޮނޑިއަށް ވަޑައިގެން ފަހުން ޕާޓީ ބަދަލުކުރައްވައި ސަރުކާރު ހިންގާޕާޓީ ޕީއެންސީއާ ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. އެމައްސަލަ ހުށައެޅީ ސަރުކާރަށް ތާއީދު ކުރާ 23 މެމްބަރެއްގެ ސޮޔާއި އެކުގައެވެ.
04 Feb 2024
ޚަބަރު
އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ބޭފުޅުންނާއި އެބޭފުޅުންގެ ދާއިރާތައް
ވަގުތީ ނަތީޖާއިން ދައްކާ ގޮތުން، ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި ގިނަ މެމްބަރުންތަކެއްވެސް ވަނީ އެބޭފުޅުން ވާދަކުރެއްވި ދާއިރާތަކުން ޕާޓީގެ ޓިކެޓް ކަށަވަރު ކުރައްވާފައެވެ.
04 Feb 2024
ޚަބަރު
ޕްރައިމަރީ ކާމިޔާބު ކުރެއްވި ބޭފުޅުންނާއި އެކު މަޖިލިސްގެ ގޮނޑިތަށް ކާމިޔާބު ކުރުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް ރައީސް ޞާލިޙް އެދިވަޑައިގެންފި
ރައީސް ސާލިޙް ވަނީ އިއްޔެ ބޭއްވި، ޕްރައިމަރީ އޮމާންކޮށް ރާވައި ކުރިއަށް ގެންދިޔުމުގައި ހަރަކާތްތެރިވި ޕާޓީގެ ހުރިހާ ބޭފުޅުންނަށާއި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ޝުކުރުއަދާކުރައްވާފައެވެ.
03 Feb 2024
ޚަބަރު
އެމްޑީޕީ ޕްރައިމަރީގައި ހުޅުމާލެ ދެކުނު ދާއިރާގެ ޓިކެޓް ޑރ ޝަމްހީދު ކާމިޔާބު ކުރައްވައިފި
މިއިންތިޚާބުގައި އެދާއިރާގެ ވޯޓުލުން ކުރިޔަށް ގެންދިޔައީ، ހުޅުމާލެ ޤާސިމް ޕްރީ ސްކޫލުގައެވެ. ޑރ. ޝަމްހީދަށް 187 ވޯޓު ލިބުނު އިރު ދެން ވާދަކުރެއްވި ޙުސައިން ނަޒީފަށް ލިބިވަޑައިގަތީ 123 ވޯޓެވެ.
03 Feb 2024
ޚަބަރު
އެމްޑީޕީއަކީ ސުލްޙަވެރި ސިޔާސީ ހަރަކާތް ރާއްޖެއަށް ތަޢާރަފުކުރި ފަޚުރުވެރި ޕާރޓީ: ޢަބުދުﷲ ޝާހިދު
ޝާހިދު މިހެން ވިދާޅުވީ، މިއަދު ކުރިޔަށްދާ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހެޔޮ އެދުންތައް ފޮނުއްވައި ކުރެއްވި ޕޯސްޓެއްގައެވެ. ޝާހިދު ވިދާޅުވީ، އެމްޑީޕީގެ ޙަޔާތުގައި، މިއަދަކީ އަނެެއްކާވެސް ރާއްޖޭގެ ސިޔާސީ ހަރަކާތުގައި އައު އިސްނެގުމެއް އެ ޕާރޓީން ނެގި ދުވަހެެއް ކަމަށެވެ. މިގޮތުން އިލެކްޝަން ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ އެޕާރޓީގެ މެންބަރުންވޯޓުލާގޮތަށް, ސިޔާސީ ޕާޓީ އަކުން ރާއްޖޭގައި ބާއްވާ ފުރަތަމަ މަޖިލީސް ޕްރައިމަރީއަކީ، އެމްޑީޕީގެ ޕްރައިމަރީކަން ޝާހިދު ފާހަގަކުރެއްވިއެވެ.