Advertisement

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް ޢަމީރު ---

30 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރަށް ދިމާވެގެން އުޅެނީ މާލީ ގޮންޖެހުންތައް މެނޭޖް ކުރަން ނޭނގުމުގެ މައްސަލަ: އަމީރު

މިސަރުކާރަށް ދިމާވެގެން އުޅެނީ މާލީ ގޮންޖެހުންތައް މެނޭޖުކުރަން ނޭނގުމުގެ މައްސަލަ ކަމުގައި އެމްޑީޕީ ސަރުކާރުގައި ފިނޭންސް މިނިސްޓަރުގެ މަޤާމު ފުރުއްވި އިބްރާހީމް ޢަމީރު ވިދާޅުވެއްޖެއެވެ.

ކުރީގެ މިނިސްޓަރ އަމީރު މިހެން ވިދާޅުވީ، ރާއްޖޭގެ ރާއްޖޭގެ މާލީ އަދި އިޤްތިސާދީ ހާލަތު ދަށްވަމުން ދިއުމާމެދު ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް ޢަމީރު ވިދާޅުވީ، 2019 ވަނަ އަހަރާއި އަޅާ ބަލާއިރުވެސް ރާއްޖޭގެ އިޤުތިޞާދީ ޙާލަތު ރަނގަޅު ކަމަށެވެ.

"އިޤުތިޞާދު މިއޮތީ ރަނގަޅު ހާލަތެއްގައި، މިހާރުވެސް 2019 ވަނަ އަހަރާއި އަޅާބަލާއިރު ވެސް. މައްސަލައަކަށް ވެގެން މިއުޅެނީ އޭރު 2020 ވަނަ އަހަރު އަޅުގަނޑުމެން ނެގި ފިޔަވަޅުތަކުގައި، އަޅުގަނޑު ކުރިންވެސް ދެންނެވިން އެފިޔަވަޅުތައް ނެގީ އެނގިގެން ތިބެގެންނޭ. ހިސާބު ޖަހައިގެންނޭ، އަދި ފަހުން އަޅުގަނޑުމެން ކުރަންޖެހޭ ކަންކަންވެސް އެނގިގެން ތިބެގެންނޭ."

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް ޢަމީރު

ކުރީގެ ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، އޭރު، (ކޯވިޑްގެ ދުވަސްވަރު) އެހިސާބުތައް ޖަހަމުން އައީ، 2023 ވަނަ އަހަރު، ރާއްޖޭގެ ވެރިކަމަށް ނާޤާބިލް ބައެއް އަންނާނެ ކަމަށް ބަލައިގެން ނޫންކަމަށެވެ. 

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް ޢަމީރު ވިދާޅުވީ، މިސަރުކާރުން ދަނީ ޙަޤީޤަތާއި ޚިލާފުވާހަކަތައް ފަތުރަމުން ކަމަށެވެ. އަދި ރާއްޖޭގެ އިޤުތިޞާދީ ޙާލަތު މިއަދު މިއޮތް ޙާލަތަށް ވެއްޓުނީ ސަރުކާރުގެ ނާޤާބިލް ކަމުން ކަމަށާއި، ވެރިކަން ބަދަލުވިއިރުވެސް ރާއްޖޭގެ އިޤުތިޞާދީ އަދި މާލީ ޙާލަތު އައީ ރަނގަޅުވަމުން ކަމަށެވެ.

މިނިސްޓަރ ޢަމީރު ވިދާޅުވީ، 2018 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ވެރިކަމަށް އައިރު އާމްދަނީއައީ އިތުރުވަމުން ކަމަށާއި، އަދި ދަރަނި ދަށުގައި ހުރި އިރު އިޤުތިޞާދުވެސް އައީ ބާރަށް ކުރިއަރަމުން ކަމަށެވެ. އެހެން ނަމަވެސް ކޯވިޑާއި އެކު ދިވެހިރާއްޖޭގެ އިޤުތިޞާދު އެއްކޮށް ހުއްޓިގެން ދިޔަ ކަމަށެވެ. އަދި ކޯވިޑާއި އެކު ދިވެހިރާއްޖޭގެ ޖީޑީޕީ %32.9 އިންސައްތަ ދަށަށް ދިޔަ ކަމަށެވެ. އަދި 2020 ވަނަ އަހަރު ރާއްޖެއަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީވެސް ދެބައިކުޅަ އެއްބައި ދަށަށް ދިޔަކަން މިނިސްޓަރ އަމީރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އަމީރު ވަނީ، މި ސަރުކާރުގެ ބައެއް ބޭފުޅުން ކޯވިޑުގައި ރާއްޖޭގެ އިޤުތިޞާދު މުޅިން ހުއްޓިގެން ދިޔަކަން ހަނދާންނައްތާލަައްވައި، ސިޔާސީ ބޭނުމަށް މުޅިން ދޮގު ވާހަކަތައް ފަތުރަމުންދާކަންވެސް ފާހަގަކުރައްވާފައެވެ. މިނިސްޓަރ އަމީރު ވިދާޅުވީ، ކޯވިޑް-19ގެ ޢާލަމީ ވަބާގައިވެސް ސަރުކާރުން ރައްޔިތުންނަށް ނިކަމެތިކަމެއް ލިބުނަ ނުދީ އިޤުތިޞާދު މެނޭޖުކުރީ ދައުލަތުން ބުރަތަކެއް އުފުލައިގެން ކަމަށެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކެއް ތަންފީޒް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވައި އެކަން އިޢުލާނު ކުރައްވާފައެވެ.

ކޮމެންޓް
ސ.
މެނޭޖުކުރަން އެނގިގެންތޯ ކޮވިޑޭކިޔާފަ މުޅި ދައުލަތް ހުސްކޮށްގެން ތިތިބީ؟
30 Jun 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.