Advertisement

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް --

01 May 2024
ޚަބަރު
ޢަލީ ސުލައިމާން

މަސައްކަތްތެރިންގެ ޙައްޤުތަކަށް މަސައްކަތް ކުރުމުގައި އެމްޑީޕީ ދެމި އޮންނާނެ: ރައީސް ޞާލިޙް

މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، އެކަން ކަށަވަރުކޮށްދިނުމަށް ކުރާ މަސައްކަތުގައި އަބަދުވެސް އެމްޑީޕީ ދެމިއޮންނާނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައމްަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ މަސައްކަތްތެރީންގެ ދުވަހާއި ގުޅިގެން ފޮނުއްވެވި މެސެޖުގައެވެ.

އެމަނިކުފާނުގެ މެސެޖުގައި ވަނީ، އެމްޑީޕީގެ ސަރުކާރުތަކުގައި މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް، ކުރެވިފައިވާ ކަންކަންވެސް ފާހަގަކުރައްވާފައެވެ. މިގޮތުން އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި އެޤާނޫނު ތަސްދީޤުކޮށް އަމަލުކުރަން ފެށިފައިވާ ކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރުމަށް ހިންގޭ ހަރަކާތްތަކުގައި އެމްޑީޕީން އިސްރޯލެއް އަދާކުރުމަކީ، އެކަމަށްޓަކައި އެމްޑީީން ފަޚުރުވެރިވާ ކަމެއް ކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަަރަށް، މެއި ޑޭ ގެ ހިނގާލުން ބާއްވާފައި ވަނީ 2006 ވަނަ އަހަރު އެމްޑީޕީއާ ރާއްޖޭގެ މަސައްކަތްތެރިންގެ ޖަމިއްޔާތަކާއި ގުޅިގެންނެވެ. އަދި ރަސްމީ ގޮތުން ރާއްޖޭގައި މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަން ފަށާފައި ވަނީ، 2011 ވަަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.