Advertisement

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --

04 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސް މުއިއްޒު ޢަމަލުކުރައްވަނީ ޤާނޫނާއި ޚިލާފަށް: އެމްޑީޕީ

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު މިހާރު އަމަލުކުރައްވަމުން ދަނީ ޤާނޫނާއި ޚިލާފަށް ކަމުގައި، އެމްޑީޕީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ފަހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެޕާޓީގެ މަޖިލިސް މެމްބަރުން ވަނީ، ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ އަދަދު ހާމަ ނުކޮށް ހިފަހައްޓާތީ އެކަމާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އެކަން ކުއްވެރިކޮށްފައެވެ.

ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ޤާނޫނުގައި ހާމަކުރަން ބުނެފައި އޮތް ކަމެއް ސިއްރުކޮށްގެން ހުރުމަކީ ޤާނޫނާއި ޚިލާފުވުން ކަަމަށެވެ.  

"ގާނޫނާ ހިލާފުވުމަކީ ކުށްވެރިވުން، އެހެންވީމާ ރައީސް މުއިއްޒު މިހާރު އެހުންނެވީ ގާނޫނާ ހިލާފުވެފައި، އެއީ ކުށެއް، ކުށެއް ކުރައްވައިގެން އެ ހުންނެވީ، އެހެންވީމާ އެ ކުށުގެ އަދަބު ރައީސް މުއިއްޒުއަށް ލިބިވަޑައިގަންނަވާނެ."

ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު

މައުރޫފް ޒާކިރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް ޤާނޫނާއި ޚިލާފުވުމުގެ ކުށް ސާބިތު ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

މިސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ އަދަދު ހާމަކުރުމަށް ސަރުކާރުން ގެންދަނީ ދެކޮޅު ހަދަމުންނެވެ. އަދި އެމައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަވެސް ވަނީ ބޭރުކޮށްލާފައެވެ.

މިސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ އަދަދު، 2000 އަރާ ކަމުގައިއިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

ކޮމެންޓް
ދޮންދުބުރިމާ
މުއިޒް އަމަލް ކުރައްވަނީ ކޮން އެއްޗަކާ ހިލާފަށޭ މަހިތަށް އަރާ މިހިރަ ބޮޑު މޮޔައެއް ދައްކަނީ ރަގަޅު ވާހަކައެއް ބާވައޭ
04 Jul 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.