Advertisement

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް --

15 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ޓީޖީއެސްޓީއިން ބައެއް ކައުންސިލްތަކަށް ދޭން ރައީސް ޑރ މުއިއްޒު ވަޢުދުވި އިރު އެއީ މިހާރުވެސް ކުރަމުން އަންނަ ކަމެއް: ރައީސް ޞާލިޙް

ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ނަގަމުން އަންނަ ޓެކްސް ޓީޖީއެސްޓީން ބައެއް ކައުސިލްތަކަށް ދެއްވާނެ ކަމުގައި، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވި އިރު ކައުސިލްތަކަށް ފައިސާ ދިނުމަކީ ކުރީ ސަރުކާރުގައި ފަށާއި މިހާރުވެސް ހިނގަމުން އަންނަ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ މަޖިލިސް ކެމްޕޭނުގެ ތެރެއިން، ރޭ. ތ ތިމަރަފުށީގައި ބޭއްވި، ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަނީ، ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުޙުއްﷲ ޖަމީލެވެ.

ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ކަނޑައަޅައި ތަންފީޒް ކުރަންފެށި ސިޔާސަތަކީ، ދައުލަތުގެ މުޅި ބަޖެޓުގެ އެއް ޕަސެންޓް ކައުންސިލްތަކަށް ދިނުން ކަމަށެވެ. އޭގެ އިތުރަށް ރަށްރަށުން ބިމު ކުލީގެ ގޮތުގައި ލިބޭ ފައިސާގެ %40 ކައުންސިލްތަަކަށް ދިނުމަށް ނިންމައި އަމަލުކުރަމުން ގޮސްފައިވާ ކަމަށެވެ. އަދި ދައުލަތުގެ ޖުމުލަ އާމްދަނީގެ ތެރޭގައި ހުރިހާ ޓެކްސްއެއްވެސް ހިމެނޭނެ ކަމުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.

" އެކަންވެސް އޮޅުވާލައިގެން ރައްޔިތުންނަށް އޮޅުވާލައިގެން، އާކަމެއް ކުރާ ގޮތް ދައްކަން ވެގެން އެ ދޮގުވެސް ހަދައިފި. ފަތުޙުއްﷲ މެން ކަހަލަ ބޭފުޅުން އެތާނގައި ތިއްބަވައިފި ކަމަށް ވަންޏާ، ވަގުތުން އެއާއި ދޭތެރޭގައި ސުވާލުކޮށް، ފިޔަވަޅު އަޅާނެ. ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް ރައްޔިތުންގެ މަޖިލީހުގެ ދައުރު (ބަޔާންކޮށްފައި) އެބަ އޮތް."  

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް -

ރައީސް ޞާލީހް ވިދާޅުވީ ވެރިކަމުގައި ތިއްބަވާ ބޭފުޅުން އެހައްދަވަމުން ގެންދަވާ ދޮގާއި އޮޅުވާލުމުގެ ސަބަބުން، މަޖިލީހުގެ ތެރެއިން ފިޔަވަޅު އަަޅަންޖެހޭ ހިސާބަށް މިހާރު ހިނގައްޖެކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައި ވާއިރު، އިންތިޚާބުގެ ކެމްޕޭންތަކުގެ ތެރޭގައި ސަރުކާރުން ގެންދަނި އައު ވަޢުދުތައް ވަމުންނެވެ އެވައުދުތަކުގެ ތެރޭގައި ކުރީގެ ސަރުކާރުގައި ނިންމައި ތަންފީޒް ކުރަން ފަށާފައިވާ ކަންކަންވެސް ހިމެނެެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.