Advertisement

އެމްޑީޕީން މިއަދު މާލޭގައި ބޭއްވި ރެލީ -- ފޮޓޯ: ނޫން.އެމްވީ

19 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

އެމްޑީޕީގެ މަޖިލިސް އިންތިޚާބު ކެމްޕެއިންގެ މަގުމަތީ ހަރަކާތްތައް ނިންމާލައިފި

އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީން ކުރިޔަށް ގެންދާ އެޕާޓީގެ މިސްރާބު ހަމަ މަގަށް ކެމްޕެއިންގެ މަގުމަތީ ހަރަކާތްތައް މިއަދު ނިންމާލައިފިއެވެ.

މަގުމަތީގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން މިއަދު ހަވީރު އެޕާޓީން ވަނީ މަގުމަތީގެ ރެލީއެއް ބާއްވާފައެވެ. މާފަންނު ސޯޝަލް ސެންޓަރުން ފަށައިގެން ހެންވޭރު އާޓިފިޝަލް ބީޗަށް ކުރިޔަށް ގެންދިޔަ މިރެލީގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒް އިސްމާޢީލާއި، އެކި ދާއިރާތަކަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެނޑިޑޭޓުންނާއި އާއްމުން ބައިވެރިވިއެވެ.

އާޓިފިޝަލް ބީޗަށް މިރެލީ ނިންމާލުމަށްފަހު އެޕާޓީގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި، އިންތިޚާބުގެ އެއްދުވަސް ކުރިން އެމްޑީޕީން މަގުމަތީގެ ރެލީ ބޭއްވީ އެހެން ޕާޓީތަކުންވެސް މާލޭގައި މާދަމާ ހަވީރު ރެލީތައް ބާއްވާތީއެވެ. 

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓްގައި 89 ކެންޑުޑޭޓުން ވާދަކުރާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓު ނެގުން ކުރިޔަށް ދާނީ، އާދީއްތަ ދުވަހުގެ ހެނދުނު 8:00އިން ހަވީރު 5:30އަށެވެ.

ނިމިގެން މިދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ބޮޑު ކާމިޔާބެއް ހޯދި އިރު، ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި އެއްޕާޓީއަކުން މަޖިލީހުގެ ސުޕަރމެޖޯރިޓީ ހޯދި ޕާޓީއަކަށް ވެފައި ވަނީ އެމްޑީޕީއެވެ. އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތާއެކު، އެޕާޓީ ދެބައިވެފައި ވާތީ، މިފަހަރު އެޕާޓީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިދާނެ ކަމާއިމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.