Advertisement

އިބްރާހީމް ރަޝީދު، ހޯރަ އިއްބެ

12 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

އެމްޑީޕީއާއެކު އިސްލާޙީ މަސައްކަތުގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރެއްވި ހޯރަ އިއްބެ ނިޔާވެއްޖެ

އެމްޑީޕީއާއެކު އިސްލާޙީ މަސައްކަތުގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރެއްވި, އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

އާއިލާ އާއި ރައްޓެހިންގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުހޯރަ އިއްބެ ނިޔާވީ މިއަދު ހާޓްއެޓޭކެއް ޖެހި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް މިއަދު މެންދުރުކުރީގައެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީގެ މަޤާމުގައި ހުންނަވައި މީޑިއާއަށް މައުލޫމާތު ދެއްވުުގެ ޕްރޮސް ކޮންފަރެންސްތައް އިއްބެ ދެއްވާފައިވެއެވެ.

ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ރޮނގުގައި ފާހަގަކޮށްލެވިގެން ދިޔަ ހޯރަ އިއްބެއަކީ، ކުޅަދާނަ ވާހަކަ ދެއްކުންތެރިއެއްވެސް މެއެވެ. އެމްޑީޕީގެ އިސްލާޙީ މަސައްކަތްތަކުގައި ބޭއްވުނު ކެމްޕޭން ޖަލްސާތަކާއި ބައްދަލުވުންތައް ހުށައަޅައި ދެއްވުމުގައި އޭނާ މަސައްކަތް އަމަލީ ގޮތުން މަސައްކަތްތައް ކުރައްވާފައެވެ.

2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ވައްޓާލުމަށް ފަހުގައި، 6 ޑިސެމްބަރު 2012ގައި އިއްބެ ހައްޔަރުކޮށް 10 އަހަރަށް ޖަލަށްލިއިރު، ކްލެމެންސީގެ ދަށުން އޭނާ މިނިވަންވީ 06 ޑިސެމްބަރު 2018ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.