Advertisement

ބުދަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން --

03 May 2024
ޚަބަރު
ޢަލީ ސުލައިމާން

ބޮޑު ދެ އިންތިޚާބުން ބަލިވި ސަބަބު ދެނެގަތުމަށް އެމްޑީޕީން ދިރާސާއެއް ކުރަނީ

ރިޔާސީ އިންތިޚާބާއި އާއްމު އިންތިޚާބުން ބަލިވި ސަބަބު ދެނެގަތުމަށްޓަކައި، އެމްޑީޕީން ދިރާސާއެއް ހަދައި މަގުޗާޓެއް އެކުލަވާލުމަށް ނިންމާފައިވާ ކަމުގައި އެމްޑީޕީން ބުނެފިއެވެ.

އެޕާޓީން ބުނީ، އެގޮތަށް ނިންމާފައި ވަނީ، ނިމިގެންދިޔަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއާއި ގުޅިގެން އެ ޕާޓީ ކުރިއަށްދާނެ ގޮތެއް ކަނޑައެޅުމަށް މަޝްވަރާކުރުމަށް ބުދަ ދުވަހުގެ ރޭގައި ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުުުމުގައި ކަމަށެވެ. ޤައުމީ މަޖިލީހުގެ އެބައްދަލުވުުމުގައި، އެމަޖިލީހުގައި ހިމެނޭ 50 ވުރެ ގިނަ މެމްބަރުން ބައިވެރިވިއެވެ.

މިބައްދަލުވުމުގައި މެމްބަރުންވަނީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާ ނިކުމެފައިވާ ގޮތާއިމެދު ފުޅާދާއިރާއެއްގަ މަޝްވަރާކޮށްފައެވެ.

މިމަޝްވަރާއަށްފަހު ނިންމާފައި ވަނީ އިންތިހާބުތައް ގެއްލިގެންދިޔަ ސަބަބުތަކުގެ ދިރާސާއެއް ހެދުމަށް ކޮމެޓީއެއް އެކުލަވާލުމަށާއި އަދި މިދިރާސާގައި ރައްޔިތުންގެ ބައިވެރިވުން ވީހާވެސް ފުޅާ ދާއިރާއެއްގައި އެކުލެވޭނެހެން ރައްޔިތުންގެ ގާތަށްގޮސް ޕާޓީގެ ކުރިމަގު ބިނާކުރާނެ ގޮތްތަކާއިމެދު ދިރާސާ ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލުމަށް ކަމުގައި އެމްޑީޕީން ބުނެފައިވެއެވެ.

ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަކީ، އެޕާޓީ ވުޖޫދަށް އައިފަހުންވެސް މަޖިލިސް އިންތިޚާބެއްގައި އެޕާޓީއަށް ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީއެވެ.

ކޮމެންޓް
މޯޑު
ބަލިވީބަހަންދިންރުފިޔާ ނުބަހާ ބަހަންހަވާލުކުރިމީހުން ނުބަހާކާލީމަ
03 May 2024
އަހުމަދު
އެއްވެސް ސުވާލެއްނުއުފެދޭ .ރަސޫލާސ ޢ ވ ޔަށް ފުރައްސާރަ ކޮށްގެން މަޖިލީހަށް ވެއްދިބިލް ބޭރުކޮއްލިދުވަސް އެއީ ކަލޭމެން ގެ ހަލާކު ފެށިގެން ދިޔަދުވަސް
03 May 2024
ޒާހިރު
ބަލިސަބަބު ވަރަށްސާފް 1 އިސްލާމްދީނަށް ފުރައްސާރަކުރުން.2ރޯބުހުތާނު ދޮގުހެދުންދުން.3 ރައްޔިތުންގެފައިސާ ނަހަމަގޮތުގައި ޚިޔާނަތްތެރިވުން. 4 މީހުންގެ ހައްގުތަކަށް އަރައިގަތުން.
03 May 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.