Advertisement

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމް --

30 May 2024
ޚަބަރު
ޢަލީ ސުލައިމާން

އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ޤާނޫނަށް އިސްލާޙް ހުށައަޅައިފި

އިޒްރޭލުގެ ޕާސްޕޯޓެއް އޮންނަ އެއްވެސް މީހަކު ރާއްޖެ އެތެރެވުން މަނާކުރުމަށް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިސްލާޙް ހުށައަޅައިފިއެވެ.

މިއިސްލާޙު ހުށައަޅުއްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމެވެ.

ބިލް ހުށައެޅުއްވި ސަބަބެއްގެ ގޮތުގައި މީކާއިލް ބަޔާން ކުރައްވާފައި ވަނީ، އިޒްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ޤަތުލުއާއްމާއި ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށެވެ. އަދި އިޒްރާއީލްގެ ރައްޔިތުން އެތެރެވުން މަނާކުރުމަށް ގޮވާލާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކޮށްފައި ވީނަމަވެސް، ސަރުކާރުން މިހާތަނަށް މިކަމުގައި އަަމަލުކުރާނެ ގޮތެއް ސާފުކޮށްދީފައި ނުވާތީ، އަދި މިކަން ކުރެވޭނެ ވަކި މުއްދަތެއްވެސް އެނގެން ނެތަތީ ސީދާ ޤާނޫނަށް ބަދަލު ގެނެސްގެން ފިޔަވަޅު އެޅުން އަަވަސް ކުރުމަކީވެސް މިބިލް ހުށައެޅުއްވި ސަބަބެއް ކަމުގައި މީކާއީލް ފާހަގަ ކުރައްވާފައެވެ.

މީކާއިލް އިސްލާޙް ހުށައަޅުއްވާފައި ވަނީ، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ)ގެ 7 ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށެވެ. މިގޮތުން އެމާއްދާގެ (ހ)ގެ 8 ވަނަ ނަމްބަރުގެ ގޮތުގައި، އިޒްރާއިލް ޕާސްޕޯޓު ގެންގުޅޭ މީހުން ރާއްޖެ އެތެރެވުން ހުއްދަ ނެތް މީހުންގެ ގޮތުގައި ވަނީ ހިމަނާފައެވެ. މިގޮތުން މިމާއްދާގެ ދަށުން، އިޒްރޭލުގެ ޕާސްޕޯޓެއްގެ އިތުރުން އިތުރު އެހެން ޕާސްޕޯޓެއް އޮންނަ މީހުންވެސް ހިމަނާފައި ވަނީ ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނެތް މީހުންގެ ގޮތުގައެވެ.

ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން، ޚާއްޞަކޮށް އިސްލާމީ ދުނިޔޭގެ ޤައުމުތަކުން އިޒްރޭލަކީ ދައުލަތެއް ކަމަށް ބަލައި ނުގަންނާތީ، އެޤައުމުތަކަށް ދަތުރު ކުރުމަށް އިޒްރޭލުގެ މީހުން އެހެން ޤައުމުތަކުގެ ޕާސްޕޯޓުތައް ގެންގުޅެއެވެ.

ރާއްޖެއަށް އިޒްރޭލު މީހުން އެތެރެވުން ހުއްޓުވުމަށާއި، އިޒްރޭލް ޕާސްޕޯޓު ރާއްޖެއިން ބަލައި ނުގަތުމަށް އާއްމުން ދަނީ ސަރުކާރަށް ގޮވާލަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.