Advertisement

އެމްޑީޕީން ބޭއްވި އެއްވުމެއްގެ ތެރެއިން --

26 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ރައްޔިތުންނަށް އިތުރު ކުރިއެރުން ހޯދައިދިނުމުގައި އެމްޑީޕީ ދެމި އޮންނާނެ: ރައީސް ޞާލިޙް

އިސްލާމީ ޞައްޙަ ޢަޤީދާގައި ދެމިތިބެ ޑިމޮކްރަސީ އާއި އިންސާނީ ހައްޤުތައް ހިމާޔަތްކޮށް ރައްޔިތުންނަށް ހިތްފަސޭހަ ތަނަވަސް ދިރިއުޅުމެެއް މަގުފަހި ކޮށްދިނުމުގައި އެމް.ޑީ.ޕީން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް، ޤައުމާއި ރައްޔިތުންނަށް އިތުރު ކުރިއެރުން ހޯދައިދިނުމުގައި މާތް اللهގެ ހެޔޮރަޙްމަތްފުޅާއެކު އެމް.ޑީ.ޕީން ދެމިއޮންނާނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި ރައްޔތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީ އުފެދުނުތާ 19 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ފޮނުއްވި ތަޙްނިޔާގެ މެެސެޖުގައެވެ. އެމަނިކުފާނު ވަނީ އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާއާއި މުބާރިކްބާދީ ޕާޓީގެ ލީޑަރޝިޕާއި ޕާޓީގެ އެންމެ މުހިއްމު ރައުސްމާލުކަމުގައިވާ ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުންނަށް ފޮނުއްވާފައެވެ. 

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. އެ ޕާޓީ އުފެދުނީ 25 ޖޫން 2005 ގަައި ސްރީލަންކާގައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތޚާބު ކާމިޔާބު ކުރީ އެމްޑީޕީންނެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.