Advertisement

މުޙައްމަދު އަސްލަމް - ރައްޔިތުންގެ މަޖިލީހުގެ ރައީސް

13 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޔާމީނުގެ ޝަރީއަތް ހުއްޓިފައި އޮތީ، ސަރުކާރުގެ ނުފޫޒުންކަމުގައި ތުހުމަތުކޮށްފި

ޙުކުމާއި ހަމައަށް ގޮސްފައި އޮތް ރައީސް ޔާމީނުގެ މައްސަލައިގެ ޝަރީއަތް ހުއްޓުވާފައި ވަނީ، ސަރުކާރުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ތުހުމަތު ކުރައްވައިފިއެވެ.

އެމްޑީޕީގެ މަޖިލިސް ކެމްޕޭނުގެ ތެރެއިން މިރޭ އައްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ، ރައީސް ޔާމީނުގެ ޝަރީއަތް ހުއްޓުވާފައި އޮތީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމުގައި ތުހުމަތު ކުރެވޭ ކަމަށެވެ.

އަސްލަމް ވިދާޅުވީ، ރައީސް ޔާމީނުގެ ޝަރީޢަތުގެ ހުރިހާ އަޑުއެހުންތަކެއް ޑިސެމްބަރު މަހުގައި ނިމި މިހާރު އޮތީ ހުކުމް ކުރުމުގެ މަރުޙަލާގައި ކަމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން ހަތަރު މަސްދުވަސް ވެގެން ދާއިރު، އަދިވެސް އެމައްސަލައިގެ ޙުކުމް ނުކުރާކަން އަސްލަމް ފާހަގަކުރެއްވިއެވެ.

" ހަތަރުމަސްވެގެން މިދަނީ ހަމައެކަނި ހުކުމް އިއްވާ ނުލެވި އެއޮތީ. އެހެންވީމާ، ސަރުކާރުން މިކަމަށް އަތްބާނާ މިންވަރު ކަމުން މިފެންނަނީ. ވަރަށް ބޮޑުތުހުމަތެއް އެބަ އޮވޭ. އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، ރައީސް ޔާމީނުގެ ޝަރީއަތް ލަސްވެގެންދާ ސަބަބު ޖޭއެސްސީއިން ބެލުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި އަޅުގަނޑު އިންނާތީ، މާދަމާ (ހޮނިހިރު ދުވަހު) އެމައްސަލަ ލާނަމޭ، ބަލުވާނަމޭ ޖޭއެސްސީން އަޅުގަނޑުމެން ރައީސް ޔާމީނުގެ ޝަރީއަތް ލަސްވާ ސަބަބު."

މުޙައްމަދު އަސްލަމް - ރައްޔިތުންގެ މަޖިލީހުގެ ރައީސް

އަސްލަމް ވިދާޅުވީ ރައީސް ޔާމީނުގެ މައްސަލަ ލަސްވާ ސަބަބު ބެލުމަކީ އެއީ ކުރަންޖެހޭ ކަމެއް ކަމަށާއި، ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ދޭންޖެހޭ އިހްތިރާމްވެސް އެއީ ކޮންމެ ބޭފުޅެއް ނަމަވެސް ދެއްވަން ޖެހޭނެ ކަމަށެވެ. އަދި އިންސާފުގެ ކުރިމަތީގައި ވަކި ސަރުކާރަކުން ވަކިބަޔަކު ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށާއި، ކޮންމެ މީހަކަށްވެސް ފުރިހަމަ އިންސާފު ލިބެން ޖެހޭނެ ކަމުގައި އަސްލަމް ވިދާޅުވިއެވެ. އެއީ އެމްޑީޕީގެ ތިލަފަތުގެ ލޯގޯ ރަމްޒުކޮށްދޭ ފުރިހަމަ މިސްރާބަކީވެސް އެއީ ކަމުގައި އަސްލަމް ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ މައްޗަށް ހިންގޭ ޝަރީއަތުގެ އަޑުހެނުންތައް ހައިކޯޓުގައި ނިންމާލާފައި ވަނީ، 22 ޑިސެމްބަރު 2023ގައެވެ. އެމައްސަލައިގެ ހުކުމް ކުރުން ލަސްވަމުންދާތީ ރައީސް ޔާމީނުގެ ސަޕޯޓަރުންވެސް އެކަމުގައި ތުހުމަތު ކުރަނީ ސަރުކާރަށެވެ. ރައީސް ޔާމީން މިސަރުކާރާއި ދެކޮޅަށް މަސައްކަތްކުރައްވަމުން ގެންދާއިރު، ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވެރިކަން ލިބިވަޑައިގަތީ ރައީސް ޔާމީނު މިނިވަން ކުރެއްވުމަށް ވެވަޑައިގެންނެވި ވަޢުދާއި އެކު އެމަނިކުފާނުގެ ސަޕޯޓަރުން ދިން ވޯޓުންނެވެ. އެހެން ނަމަވެސް ޑރ. މުޢިއްޒުގެ ސަރުކާރުން ރައީސް ޔާމީނު މިނިވަން ކުރެއްވުމަށް މަސައްކަތް ކުރެއްވުމުގެ ބަދަލުގައި އެމަނިކުފާނުގެ ޝަރީއަތަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތައް އާއްމު ފަރާތްތަކުންވެސް ސަރުކާރަށް އަމާޒު ކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.