Advertisement

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް --

15 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ބިރުދެއްކުމާއި އޮޅުވާލުމަކީ، މިސަރުކާރުގެ ސިޔާސަތު ކަމުގައި ރައީސް ޞާލިޙް ވިދާޅުވެއްޖެ

މިސަރުކާރުގެ ސިޔާސަތަކީ އޮޅުވާލުމާއި ބިރުދެއްކުމާއި، ރައްޔިތުން މުށުތެރެއަށް ލައިގެން ގަދަބާރުން ކަންކަން ކުރުމުގެ ސިޔާސަތުކަމުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ،  ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރުގެވެސް އެދާއިރާގެ މެމްބަރު ޖީހާން މަޙްމޫދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ، އެބޭފުޅުން ތިއްބެވީ ވެރިކަމުގައި ކަމަށާއި ނުލާހިކު ފަސޭހައިން އެބޭފުޅުންނަށް ކެމްޕޭން ކުރެވެން އޮތް ނަމަވެސް ރައްޔިތުންނަށް ދޮގުހަދައި އޮޅުވާލުމާއި ބިރު ދެއްކުމަކީ އެބޭފުޅުން ސިޔާސަތުކަމުގައި ހަދާފައިވާކަމަށެވެ. ރައީސް ޞާލިޙް ވިދާޅުވީ އެމްޑީޕީން ވެރިކަން ކުރި އިރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ސުޕަރ މެޖޯރިޓީ ހޯދީ ރައްޔިތުންނަށް ބިރުދައްކައިގެން ނޫންކަމަށެވެ. 

ރައީސް ވިދާޅުވީ، ސިޔާސީ ވިސްނުމާއި ގުޅިގެން އެއްމޑީޕީގެ ސަރުކާރުގައި އެއްވެސް މުވައްޒަަފަކަށް ބިރުދައްކައި ވަޒީފާއިން ވަކިކޮށްފައި ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް އަނެއްކާވެސް މިއަދު ފެންނަނީ ވަޒީފާގެ ބިރުދެއްކުމާއި ވަޒީފާއިން ވަކިކުރުމުގެ ކަންތައްތައް އިއާދަވެގެންދާތަން ކަމުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިގޮތުން ޕީއެންސީގެ މެމްބަރަކު ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކުމަށް ގޮވައިލި ގޮވާލުމާއި، ދިއްދޫގައި ޕީއެންސީގެ މެމްބަރުންގެ ގެތަކަށް އެކަނި ކަރަންޓް ދިނުމަށް އެޕާޓީގެ މެމްބަރުން ގޮވައިލި ގޮވާލެއްވުންތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް މިއަރުވަނީ، މިއަދު މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީން ނަގަން ބޭނުންވާ އެންމެ މުހިއްމު ސަބަބަކީ އެއީ. އެގޮތަށް ބޭނުންހައި ގޮތަަކަށް، މީހުން ވަޒީފާއިން ވަކި ނުކުރެވޭނެކަން ޤާނޫނީ ގޮތުން ކަށަވަރުކޮށްފައި ބޭއްވުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރިޔަށް މިއޮތް މަޖިލީހުގެ މެޖޯރިޓީ ލިބުމާއި އެކީގައި އެންމެ ފުރަތަމަ ކުރާނެ އެެއްކަމަކީ އެއީ. ކުންފުނިތަކުގެ މުވައްޒަފުންގެ ވަޒީފާގެ ރައްކާތެރިކަން ޤާނޫނީ ގޮތުން ކަށަވަރު ކުރުން."

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް --

ރައީސް ޞާލިޙް ވިދާޅުވީ، އެފަދަ ބިލެއް އެމްޑީޕީން މަޖިލީހަށް ހުށައަޅާއި ބޭނުންހާ ގޮތަށް މީހުން ވަޒީފާއިން ނުކުރެވޭނެކަން ޤާނޫނުގައި ލިޔެ ތަންފީޒް ކުރައްވާނެ ކަމަށެވެ.  

މިސަރުކާރުން މަޖިލިސް އިންތިޚާބާއި ދިމާކޮށް ރައްޔިތުންނަށް ދައްކަމުންދާ ބިރުތަކުގެ މިސާލުދައްކަވައި ރައީސް ޞާލިޙް ވިދާޅުވީ ރައްޔިތުންނަށް އުނދަގުލާއި ދުއްތުރާ ކުރުމުގެ ވިސްނުން ހުރި ބަޔަކު ވެރިކަމުގައި ބައިތިއްބަން ހެޔޮ ނުވާނެ ކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަށް ކުރަން އޮތް ކަމަކީ، އެބޭފުޅުން ދުރުކުރުން ކަމުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކޮމެންޓް
ހުސައިން ރަޝީދު
މިކަހަލަ ޢިލްމެއް ހިލްމެއް ނެތްމީހުންނާވެރިކަންހަވާލުކުރީމަވާނެގޮތްމިއީ އިއްޔެ އޭނާކުރިހުރިހާކަމެށް އެހެންމީހުންކުރިކަންތައްކަމުގައި ހަދަނީ ހުރިހާ ކަމަކުންރެކޭންތަ.
16 Apr 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.