Advertisement

އިބްރާހީމް މުޙައްމަދު ޞާލިޙް - ކުރީގެ ރައީސުލްޖުމްހޫރިއްޔާ

13 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖޭގެ މާލީ ހާލަތާއި ގުޅޭ ގޮތުން މި ސަރުކާރުން ހަދަނީ ބުހުތާނު ދޮގު: ރައީސް ޞޯލިހް

ރާއްޖޭގެ މާލީ ހާލަތާއި ގުޅޭ ގޮތުން މިސަރުކާރުން ހަދަމުން ދަނީ ބޮޑެތި ބުހުތާނު ދޮގުތަކެއް ކަމުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލީޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނުގައި އެމްޑީޕީން މިރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ކޯވިޑް-19ގެ ދަތިހާލަތު ނިމިގެން ދިޔައިރު، ރައީސް ޔާމީނުގެ ސަރުކާރުގައި ނަގާފައިވާ ލޯނަށް 2022 ވަނަ އަހަރު 250 މިލިއަން ޑޮލަރު ދައްކަން ޖެހިފައި އޮތް ކަމަށެވެ. ސަނީ ސައިޑް ބޮންޑްގެ ނަމުގައި ރައީސް ޔާމީނު ނަންގަވާފައި އޮތް އެ ބޮންޑަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ކޯވިޑްގެ ދަތިހާލުގެ ތެރޭގައިވެސް ފައިނޭންސް ހޯދައި، އެލޯނުވެސް ދައްކައި ނިންމާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޞާލިހް ވިދާޅުވީ، އެއީ މާލީ ސިޔާސަތުތައް ރަނގަޅަށް ޕްލޭން ކުރެވިގެން ކުރިޔަށް ގެންދިޔައިމާ ހާސިލްކުރެވޭ ނަތީޖާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ތެދެެއް. 2026ވަނަ އަހަރުގައި ހުންނާނެ ލޯނު ދައްކަން. އެކަމަކު އެއަށްވެސް އެހެރީ މަގުފަހިކޮށްދީފައި. އަޅުގަނޑުމެންނަށް ހަމަ ޔަޤީން އަޅުގަނޑުމެން އެ ޕްލޭންކޮށްފައި އޮތް ގޮތަށް، އެސިޔާސަތުތައް ތަންފީޒްކޮށްފިއްޔާ އެއްވެސް ދައްޗެއް ނެތި، ރާއްޖޭގެ ބަޖެޓް ތަންފީޒް ކުރެވެމުންދާނެ. ކުރީރެޔަކުވެސް އަޅުގަނޑު ދެންނެވި ފަދައިން، އަޅުގަނޑުމެންގެ ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑުގައި، މިއަދުވެސް އެބަހުރި 7 ބިލިއަން ރުފިޔާ.  2026 ވަނަ އަހަރު އަންނަ އިރުގައި، އެއްވެސް ދައްޗެއް ނެތި، އެލޯނު ދެއްކޭނެ އިންތިޒާމްތައް އެހެރީ ހަމަޖެހިފައި. އެހެންވީމާ، ރާއްޖޭގެ އިޤުތިޞާދު އޮތީ މިހެންނޭ، މާލީ ހާލަތު އޮތީ މިހެންނޭ ވިދާޅުވެ އެވާހަކަ އެދައްކަނީ ހަދާ ހުސް ދޮގު. ބުހުތާނު ބޮޑެތި ދޮގު އެއީ."

އިބްރާހީމް މުޙައްމަދު ޞާލިޙް - ކުރީގެ ރައީސުލްޖުމްހޫރިއްޔާ

އައްޑޫ ސިޓީގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުއިއްޒު މިރޭ އައްޑު ރައްޔިތުންނާއި މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައިވެސް ވަނީ، ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑާއި ގުޅޭ ގޮތުން ސަރުކާރުން މަޖިލީހަށް ހުށައަޅާއޮތް ބިލު މަޖިލީހުން ބޭރުކޮށްލީ އޮޅުވާލައިގެން ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރެކޯޑްތަކަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެބިލަށް ވޯޓަށް އެހުމުގެ ކުރިން ސަރުކާރަށް ތާއީދުރާ ހުރިހާ މެމްބަރުން ވަނީ މަޖިލީހުގެ ތަޅުން ދޫކޮށް ގޮސްފައެވެ. އެބިލް ބަލައިގަތުމަށް ނެގި ވޯޓުަގައި ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ. އަދި ނުފެންނަ ކަމަށްވެސް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ. ދެވޯޓު ދެކޮޅަށް ލިބި ބިލް ބަލައިގަތުމުގެ ވޯޓު އެއްވަރުވުމުން މަޖިލީހުގެ ޤަވާއިދުގައި ބުނާ ގޮތުން މަޖިލީހުގެ ރިޔާސަތުން ބިލަށް ވޯޓެއް ދޭންޖެހެއެވެ. އެހެންވެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް ބިލް ބަލައިގަތުމަށް ނުފެންނަކަމަށް ވޯޓު ދެއްވުމުން، އެބިލް މަޖިލީހުން ބޭރުވެގެން ދިޔައީ އެންމެ ދެވޯޓުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން، ރާއްޖޭގެ އިޤުތިޞާދު އޮތީ އަނދަވަޅެއްގެ ތެރޭގައި ކަމަށާއި، ދައުލަތް 120 ބިލިއަން ރުފިޔާއިން ދަރާފައިވާ ކަމަށާއި، އޭގެ ތެރޭގައި ކުންފުނިތަކަށާއި އަމިއްލަ ފަރާތްތަކަށް ދައުލަތުން ދޭންޖެހޭ 900 މިލިއަން ރުފިޔާ އޮތް ކަމުގައި ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.

ކޮމެންޓް
ގޮހޮރުބެ
ކޮބާ ވެންޓިލޭޓަރ.
13 Apr 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.