Advertisement

21 Apr 2024
ޚަބަރު

މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމު ވުޖޫދުވުމަށްފަހު އިންތިހާބެއްގައި އަލަށް ހިންނަވަރުން އެމްޑީޕީއަށް މެޖޯރިޓީ ގެއްލިއްޖެ

ދިވެހިރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމު ތައާރަފުވީފަހުން، އިންތިހާބެއްގައި މުޅިން އަލަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ހިންނަވަރުން މެޖޯރިޓީ ގެއްލިއްޖެއެވެ

ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބު ކުރުމަށް މިއަދު ބޭއްވި އިންތިހާބުގައި ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ، ޕީއެންސީގެ ކެނޑިޑޭޓު މުޙައްމަދު އަބްދުއްރަޙްމާނެވެ. އެމްޑީޕީގެ ޓިކެޓުގައި މި ދާއިރާއިން ވާދަކުރައްވާފައިވަނީ، މިހާރު ވެސް އެ ދާއިރާގެ މެންބަރު ޖީހާން މަޙްމޫދެވެ

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް 5 ދައުރުގައި ފުރުއްވި މި ގޮނޑިއަށް ޖީހާން މަޙްމޫދު އިންތިހާބުވީ، އެ މަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް 2018 ވަނަ އަހަރު އިންތިހާބުވުމަށްފަހުއެވެ

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް ޖީހާން އިންތިހާބުވެފައިވަނީ ބޮޑު އަގުލަބިއްޔަތަކުން، 1،779 ވޯޓު ހޯއްދަވައިގެންނެވެ. އެއީ ވޯޓުލީ މީހުންގެ %58.27 މީހުންގެ ވޯޓުންނެވެ. އެ އިންތިހާބުގައި ޖީހާންއާ އެންމެ ކައިރިން ވާދަކުރެއްވީ، މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޚިދުމަތްކުރައްވަމުން ގެންދަވާ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާޙިމްއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.