އިންތިހާބެއްގައި އަލަށް ހިންނަވަރުން އެމްޑީޕީއަށް މެޖޯރިޓީ ގެއްލިއްޖެ
ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބު ކުރުމަށް މިއަދު ބޭއްވި އިންތިހާބުގައި ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ، ޕީއެންސީގެ ކެނޑިޑޭޓު މުޙައްމަދު އަބްދުއްރަޙްމާނެވެ. އެމްޑީޕީގެ ޓިކެޓުގައި މި ދާއިރާގައި ވާދަކުރައްވާފައިވަނީ، މިހާރު ވެސް އެ ދާއިރާގެ މެންބަރު، ޖީހާން މަޙްމޫދެވެ.