Advertisement

ރައީސް ޞާލިޙް (މ) އާއި ޖީހާން މަހްމޫދު (ވ) އަދި ހުސެއިން އިސްމާއިލް (ކ)ގެ ބައްދަލު ކުރެއްވުން

17 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ހިންނަވަރު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވުމަށް، އެމްއެންޕީގެ ޑެޕިއުޓީ ލީޑަރު ޖީހާންގެ ކެމްޕެއިނާ ގުޅިވަޑައިގެންފި

ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި ހިމެނޭ، ކޯލިޝަން ޕާޓީ، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޑެޕިއުޓީ ލީޑަރު، ހުސެއިން އިސްމާއިލް، ހިންނަވަރު ދާއިރާއިން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ވާދަކުރައްވާ ޖީހާން މަހްމޫދަށް ތާއިދު ކުރައްވަން ނިންމަވައިފިއެވެ

"ނޫން"އަށް ދެއްވި އިންޓަވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގައި ހިންނަވަރު ދާއިރާ މިހާރު ވެސް ތަމްސީލު ކުރައްވަމުން ގެންދަވާ ޖީހާން މަހްމޫދު ވިދާޅުވީ، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހު އިސްވެ ހުންނަވައި ކުރިޔަށް ގެންދަވާ ޖީހާންގެ ކެމްޕެއިން ޓީމާ ހުސެން ގުޅިވަޑައިގެންނެވުމަކީ، ރައީސް ޞާލިހުގެ ނިންމެވުންތަކަށް ހުސެއިން އިހްތިރާމް ކުރައްވާ އަދި ތާއީދު ކުރައްވާ މިންވަރު ހާމަވެގެން ދިޔަ ކަމެއް ކަމުގައެވެ.

މި ނިންމެވުމާއެކު، ހުސެއިން ވަނީ ރައީސް ޞާލިޙް އަދި ޖީހާން އާއި މިއަދު ބައްދަލު ކުރައްވާފައެވެ. އަދި އެ ދެ ބޭފުޅުން ވެސް ވަނީ ހުސެއިންގެ މި ނިންމެވުމަށް މަރުހަބާ ދަންނަވާފައެވެ.

"ސަރުކާރާއިއެކު ކޯލިޝަނެއްގައި އޮތް އެމްއެންޕީގެ ޑެޕިއުޓީ ލީޑަރ ޖޭއެފްއެމް ހުސެން، އެމްޑީޕީގެ ކެމްޕެއިން ޓީމާ ގުޅިވަޑައިގެންނެވުމުން ދޭހަވާ އެއްކަމަކީ، ރައީސް ޞާލިހުގެ ނިންމެވުންތަކަށް ހުސެއިން އިހްތިރާމް ކުރައްވާ އަދި ތާއީދު ކުރައްވާ މިންވަރު".

ޖީހާން މަހުމޫދު- ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ކެންޑިޑޭޓް--

މީގެ އިތުރުން ޖީހާން ވިދާޅުވީ، އެމްޑީޕީގެ ކެމްޕެއިން ޓީމާ ހުސެއިން ގުޅިވަޑައިގެންނެވުމަކީ، އިންތިހާބުގައި ވަކި ގޮތެއް ނިންމެވުމަށް ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއް ކަމުގައެވެ.

"ހުސެއިންއަކީ ހިންނަވަރުގެ ވަރަށް ގިނަ ބަޔަކު ބަލައިގަންނަ، ހިންނަވަރަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްފައިވާ އަދި މިހާރު ވެސް ކޮށްދެއްވަމުން އަންނަ ފަރާތެއް ކަމުންނާއި، އެ ބޭފުޅާއަކީ ހިންނަވަރުގެ ގިނަ ބަޔަކާ ގުޅުން އޮންނަ ބޭފުޅެއްކަމުން، އަޅުގަނޑުމެންގެ ކެމްޕެއިން ޓީމާ ހުސެއިން ގުޅިވަޑައި ގެންނެވުމަކީ، ކުރިޔަށް އޮތް އިންތިހާބުގައި ވަކި ގޮތެއް ނިންމެވުމަށް ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްވަރެއް".

ޖީހާން މަހުމޫދު- ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ކެންޑިޑޭޓް--

ކެމްޕެއިން ޓީމާ ހުސެން ގުޅިވަޑައިގެންނެވުމުން ޓީމުގެ މަސައްކަތްތަކަށް ލިބިގެންދާނެ ކުރިއެރުއްވުން ސިފަކުރައްވަމުން ޖީހާން ވިދާޅުވިއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގައި ޖީހާންއަށް ތާއީދު ކުރައްވަން ހުސެއިން މިއަދު ނިންމެވިއިރު، ނަވާރަ ވަނަ މަޖިލީހުގެ ކެމްޕެއިންގައި ވެސް ހުސެއިން މަސައްކަތް ކުރެއްވީ ޖީހާންއާ އެކުއެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.