Advertisement

21 Mar 2024
ވީޑިއޯ

ޚާދިމް ޕްރޮގްރާމް | މެހެމާން: ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު

"ނޫން.އެމްވީ" ގެ ޚާދިމް ޕްރޮގްރާމުގެ މި އެޕިސޯޑުގެ މެހެމާނަކީ ހިންނަވަރު ދާއިރާގެ މަޖިލިސް މެންބަރު ޖީހާން މަޙްމޫދެވެ. 19 ވަނަ މަޖިލީހުގައި ތާރީޙީ މަސައްކަތްތަކެއް ކުރެއްވުމަށްފަހު ދެވަނަ ދައުރަކަށް ކުރިމަތިލެއްވީ މިއީ ގައުމަށްޓަކާ މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައި އޮތް ވަގުތަކަށް ވާތީ ކަމުގައި ޖީހާން ފާހަގަ ކުރެއްވެވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
29 Apr 2024
ޚަބަރު
ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިވެފައިވާ މީހުންނަށް އަލުން ފުރުޞަތުދޭން ނިންމައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއި ގުޅިގެން، ސިވިލް ސަރވިސްގައި މީހުން ލިބުން ދަތި ދާއިރާތަކުގެ މަގާމުތަކުގައާއި، ވަގުތީގޮތުން މީހުން ބޭނުންވާ މަގާމުތަކުގައި ވަޒީފާއަދާކުރުމަށް ޝައުޤުވެރިކަންހުރި، އެ ދާއިރާތަކުގައި ވަޒީފާއަދާކޮށް ވަޒީފާއިން ވަކިވެފައިވާ މީހުންގެ ދަފުތަރެއް އެކުލަވައިލާނެއެވެ. އަދި މިގޮތަށް މީހުން ބޭނުންވެއްޖެ ހިނދެއްގައި އެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މީހުން ހަމަޖައްސަވާގޮތަށް ވަނީ ނިންމަވާފައެވެ.
29 Apr 2024
ޚަބަރު
އަށް ޤައުމަކަށް ކަނޑައެޅުއްވި ސަފީރުންނަށް މަޖިލީހުން މިއަދު ރުހުން ދެއްވައިފި
މިބޭފުޅުންނަށް މަޖިލީހުން ރުހުން ދެއްވާފައި މިވަނީ އެބޭފުޅުންނަށް ރުހުން ހޯއްދެވުމަށް އެބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮއްނުވާފައި ވާތާ، ގިނަ ދުވަސްތަކަކަށް ފަހުގައެވެ. އަދި މަޖިލީހުގެ ތަޅުމުގައި އެބޭފުޅުންނަށް ރުހުން ދިނުމުގެ ވޯޓުވެސް ނަގާފައި މިވަނީ، އެހުރިހާ ބޭފުޅުންނަށްވެސް ރުހުން ދެއްވުމަށް ކޮމިޓީން ފާސްކޮށްފައިވާތާ މަހެއްހާ ދުވަސްފަހުންނެވެ.
29 Apr 2024
ޚަބަރު
ހައްދުންމަތިން އުތުރަށް ވައިޓް އެލާޓް!
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ތިލަދުންމަތިންފެށީގެން ހައްދުންމައްޗާއި ދެމެދުގެ އަތޮޅުތަކުގެ ރަށްތަކަށް ކުރިޔަށް އޮތް 5 ގަޑިއިރު، ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިގޮތުން ވައިޓް އެލާޓުގެ މުއްދަތު އިތުރުކޮށްފައި ވަނީ މިއަދުގެ މެންދުރުފަހު 1:30 އިން ފެށިގެން އިރުއޮއްސި 7:00އަށެވެ.
29 Apr 2024
ޚަބަރު
ފުވައްމުލަކުގައި ރޭ ދެ އެކްސިޑެންޓެއް ހިނގައި އެކަކު ސީރިއަސް ހާލަތުގައި!
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ރޭ ފުވައްމުލަކުގައި ފުރަތަމަ އެކްސިޑެންޓް ހިނގާފައި ވަނީ ދެ ސައިކަލެއް ޖެހިގެންކަމަށެވެ. އެ އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭގެ 22:48 ގައެވެ. ދެސައިކަލު ޖެހިގެން ހިނގި މިއެކްސިޑެންޓްގައި ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށާއި އޭނާއަށް ފުވައްމުލައް ހޮސްޕިޓަލްގެ އައިސީޔޫގަިއ ފަރުވާދެމުން އަންނަ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.