Advertisement

25 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

އެތައް ދުވަހެއްގެ ހިދުމަތަށްފަހު އެމްޑީޕީގެ ނައިބު ރައީސަކަށް ހިސާން

އިދިކޮޅު އެންމެ ބޮޑު ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބު ރައީސަކަށް، ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ޙުސައިން ޢައްޔަންކުރަން އެޕާޓީގެ ޤައުމީ މަޖިލީހުން ފާސްކޮށްފިއެވެ. ހިސާން މި މަގާމަށް އައްޔަނު ކުރުމަށް ފާސްވީ ގައުމީ މަޖިލީހުގެ އިއްތިފާގުންނެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން، ޕާޓިގެ ނައިބު ރައީސަކަށް އައްޔަން ކުރާނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ލަފަޔާއެކު ޕާޓީގެ ރައީސެވެ. އެގޮތުން ހިސާން އެ މަގާމަށް އައްޔަނުކުރުމަށް ގައުމީ މަޖިލީހަށް ފޮނުވާފައިވަނީ، ޕާޓީގެ މިހާރުގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ.

މި މަގާމަށް ހިސާން އައްޔަން ކުރުމަށް ގައުމީ މަޖިލީހުން ނިންމުމާ ގުޅިގެން އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވީ، އެމްޑީޕީއަށާއި، އެޕާޓީގެ މެންބަރުންނަށް އިޚްލާސްތެރި ޚިދުމަތްތަކެއް ހިސާން ކުރައްވާފައިވާ ކަމަށެވެ. އަދި ހިސާންއަކީ ނައިބު ރައީސަކަށް އެންމެ އެކަށީގެންވާ ބޭފުޅާކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ހިސާން ވަނީ ތުޅާދޫ ދާއިރާގެ މެންބަރުކަމުގެ އިތުރުން ޖޭއެސްސީގެ ރައީސްކަންވެސް ކުރައްވާފައެވެ.

ހިސާން މަސައްކަތްކުރައްވަމުން އަންނަނީ ފެށުނީއްސުރެން އެމްޑީޕީގައެވެ. އެގޮތުން ހިސާން އެންމެ ފުރަތަމަ ކުރެއްވީ، 2007 ގައި އެ ޕާޓީން އުފެއްދި ޝެޑޯ ކެބިނެޓުގެ ޝެޑޯ މިނިސްޓާ، ލޯ އެންޑް ޖަސްޓިސްގެ މަގާމެވެ. އޭގެ ފަހުން އެ ޕާޓީގެ ފުރަތަމަ ވެރިކަމުގައި ލީގަލް އެފެއާޒް ސެކްރެޓަރީކަން ވެސް ކުރެއްވިއެވެ.

ހިސާންގެ މަސައްކަތްތަކުގެ ތެރޭގައި ދެން އެންމެ ފާހަގަކޮށްލެވެނީ 2012 އިން 2018 އަށް އެމްޑީޕީ އިދިކޮޅުގައި އޮތް ދުވަސްވަރު ޕާޓީގެ ގިނަ އިސްވެރިން ޖަލަށްލުމުން އަދި ސަރުކާރުން ކުރިމަތިކުރި ދައުވާތަކުގެ ދިފާއުގައި ކުރެއްވި ގިނަ މަސައްކަތްތަކެވެ.

މީގެ އިތުރުން 2016 ގައި އިދިކޮޅުގައި އޭރު އޮތް ޕާޓީތަކުން އެކުވެ އުފެއްދި ޝެޑޯ ކެބިނެޓުގައި ވެސް މަސައްކަތް ކުރައްވާ ހަމަ އެ އަހަރު، އޭރު އޮތް ޕީޕީއެމްގެ ސަރުކާރާއެކު ބޭއްވި އޯލް ޕާޓީ ޓޯކްސްގައި އެމްޑީޕީ ތަމްސީލުކުރެއްވީ ވެސް ހިސާންއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.