Advertisement

އެމްޑީޕީގެ ޗެއާ ޕަރސަން ފައްޔާޒް އިސްމާއީލް --

21 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ބަލި ޤަބޫލުކޮށް އެމްޑީޕީން ޕީއެންސީއަށް މަރުޙަބާ ކިޔައިފި

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީ ޤަބޫލުކުރައްވައި، އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއީލް ޕީއެންސީއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

އެކްސްގައި ފައްޔާޒު ކުރެއްވި ޓްވީޓުގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އެކި ދާއިރާތަކަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށް ކާމިޔާބު ހޯއްދެވި މެމްބަރުންނަށް މަރު ހަބާ ވިދާޅުވެފައެވެ. އަދި ޕީއެންސީ މި އިންތިޚާބުގައި ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރައްވައި ފައްޔާޒު ވަނީ ޕީއެންސީއަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

އެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒް އިސްމާއީލްގެ ޓްވީޓް --

ފައްޔާޒް ވިދާޅުވީ،  އެމްޑީޕީން ޑިމޮކްރެޓިކް އަސާސްތައް ކުރިއެރުވުމަށާއި ޒިންމާދާރު އިދިކޮޅު ފަރާތެއްގެ ހައިސިއްޔަތުން ޖަވާބުދާރީ ކުރުވުމަށާއި ސަރުކާރާއެކު މަސައްކަތް ކުރުމުގައި އެމްޑީޕީގެ މެމްބަރުން ތައްޔާރަށް ތިއްބަވާނެކަމަށެވެ.

ޕީއެންސީން ހޯދި ކާމިޔާބީއަށާއި އެމްޑީޕީގެ މެމްބަރުން ހޯދި ކާމިޔާބީއަށް އެމްޑީޕީގެ ރައީސް ޢަބުދުﷲ ޝާހިދުވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

މިހާތަނަށް ސާފުވި ނަތީޖާތަކަށް ބަލާއިރު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާނޭ ކަމަށް ބެލެވިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.