Advertisement

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން ---

01 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

އެމްޑީޕީގެ ޤައުމީ މަޖިލީހުން ހުސްވެފައިވާ މަޤާމްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

އެމްޑީޕީގެ ޤައުމީ މަޖިލީހުން ހުސްވެފައިވާ މަޤާމްތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ޗާދަކުރުމަށް އެދޭ ފަރާތްތަކުން ކެންޑިޑެންސީ ހުށައެޅުމަށް އެޕާޓިން ފުރުޞަތު ހުޅުވާލައިފިއެވެ.

އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި މި ބައި އިލެކްޝަންގެ ވޯޓުލުން އޮންނާނީ، 02 އޯގަސްޓް 2024 ވާ ހުކުރު ދުވަހުއެވެ. އަދި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 07 ޖުލައި 2024 ވާ އާދިއްތަ ދުވަހު މެންދުރު 2:00 ގެ ކުރިން ހުށައަޅުއްވަން ޖެހޭނެ ކަމުގައިވެސް އެޕާޓީން ވަނީ ބުނެފައެވެ.

މި ބައި އިލެކްޝަންގައި ވާދަކުރެވޭނީ، 1 ޖުލައި 2024 އާއި ހަމައަށް މިޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވެފައިވާ ފަރާތްތަކުގެ ތެރެއިން، ވޭތުވެދިޔަ 5 އަހަރު ތެރޭގައި ޕާޓީގެ އަސާސީ ޤަވާއިދާއި ހިލާފުވެފައި ނުވާ މެމްބަރުންނަށެވެ.

އެމްޑީޕީން މިއަދު ހުޅުވާލާފައި ވަނީ އެޕާޓީގެ ޤައުމީ މަޖިލީހުގައި ހިމެނޭ 26 ދާއިރާއެއްގެ ރައީސުން ހޮވުމަށް ބާއްވާ ބައި އިލެކްޝަނަށެވެ.

އެދާއިރާ ތަކަކީ:

1- ދިއްދޫ ދާއިރާ

2- ކެލާ ދާއިރާ

3- މަކުނުދޫ ދާއިރާ

4- ކުޅުދުއްފުށި ދެކުނު ދާއިރާ

5- ކުޅުދުއްފުށި ސިޓީގެ ރައީސް

6- އުނގޫފާރު ދާއިރާ

7- އިނގުރައިދޫ ދާއިރާ

8- ތުޅާދޫ ދާއިރާ

9- ހިތާދޫ ދާއިރާ

10- ކުރެންދޫ ދާއިރާ

11- މާފުށީ ދާއިރާ

12- ހުރާ ދާއިރާ

13- ދަނގެތި ދާއިރާ

14- ދާންދޫ ދާއިރާ

15- ކޮލަމާފުށި ދާއިރާ

16- ފަރެސްމާތޮޑާ ދާއިރާ

17- ތިނަދޫ ސިޓީގެ ރައީސް

18- ފޭދޫ ދެކުނު ދާއިރާ

19- މެދުހެންވޭރު ދާއިރާ

20- ހެންވޭރު އުތުރު ދާއިރާ

21- ގަލޮޅު އުތުރު ދާއިރާ

22- މައްޗަންގޯޅި އުތުރު ދާއިރާ

23- މާފަންނު އުތުރު ދާއިރާ

24- ހެންވޭރު ހުޅަނގު ދާއިރާ

25- ހުޅުމާލެ އުތުރު ދާއިރާ

26 - މާލެ ސިޓީ ރައީސް

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.