Advertisement

އެމްޑީޕީން ބޭއްވި ހިނގާލުމެއްގެ ތެރެއިން --

01 May 2024
ޚަބަރު
ޢަލީ ސުލައިމާން

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފި

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި އެމްޑީޕީން އެކަށައަޅާ ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތުތަކާއި ގާނޫނުން މަސައްކަތްތެރިންނަށް ލިބިފައިވާ އެންމެހައި ފުރުސަތުތަކަށް ޖާގަދެއްވާ ސިޔާސީ ފިކުރަށް ބަލައިގެން މުވައްޒަފުންނަށް ފިޔަވަޅު އެޅުން ހުއްޓާލުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ.

އެމްޑީޕީން މިކަމަށް ސަރުކާރަށް ގޮވާލާގައި ވަނީ މިއަދު ފާހަގަކުރާ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެޕާޓީން ނެރެފައިވާ ބަޔާނުގައެވެ.

އެމްޑީޕީންގެ ބަޔާނުގައި ވަނީ، ރައީސް ޑރ މުއިއްޒުގެ ސަރުކާރަށް މިވީ 6 ވަރަކަށް މަހުގެ ތެރޭގައި ފެނިގެން ދަނީ ސަރުކާރުގެ އެކިއެކި ކުންފުނިތަކުގައި ތިބި މުވައްޒަފުންނަށް އެމީހުންގެ ސިޔާސީ ފިކުރަށް ބަލައި ފިޔަވަޅުތައް އަޅާ ވަޒީފާތަކުން މުވައްޒަފުން ވަކިކުރަމުންދާ މަންޒަރުކަމުގައި ބުނެފައިވެއެވެ. އަދި އެ ކަންކަމަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމެއް ކަމަށާއި، އެފަދަ ކަމަކާ ގުޅިގެން އެއްވެސް މުވައްޒަފަކަށް ފިޔަވަޅެއް އަޅާފައިވާނަމަ އެ ފަރާތުން މި ޕާޓީއަށް ޝަކުވާ ހުށަހެޅުމުގެ ހާއްސަ އީމެއިލްއެއް ހަދާ އެމަސައްކަތް އެމްޑީޕީން ކުރިއަށް ގެންދާކަންވެސް ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީން ބުނީ، އެ ޕާޓީއަކީ އަބަދުވެސް ދިވެހި ހީވާގި މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ, އަދި މަސައްކަތްތެރިންނަށް ލިބެންޖެހޭ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށް ނެގެހެއްޓުމަށް މަސައްކަތްކުރާ އަދި ނަތީޖާ ނެރެފައިވާ ހަމައެކަނި ސިޔާސީ ޕާޓީކަމަށެވެ. މިގޮތުން، ކޮންމެ އަހަރެއްގެ މެއި 1 ވަނަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމާއި, މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ޤާނޫނުތައް ފާސްކޮށް ސިޔާސަތުތައް ކަނޑައެޅުމުގައި އެޕާޓީންކޮށްފައިވާ މަސައްކަތްތައް އެމްޑީޕީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މަސައްކަތް ތެރިންގެ ހައްޤުގައި އެމްޑީޕީން ކުރި މައްސައްކަތްތައް؛

- 2006 ވަނަ އަހަރުން ފެށިގެން ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަން ފެށުން

- ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި 2011 ވަނަ އަހަރުންފެށިގެން ކަނޑައެޅުން

- ރިޓަޔަމެންޓް ޕެންޝަން ސްކީމް އުފެއްދުން

- ޤާނޫނަކުން މިނިމަމް ވޭޖް ކަނޑައެޅުން

- ސަރވިސް ޗާދު ދިނުން ލާޒިމްކޮށް ޤާނޫނު ފާސްކުރުން.

- މެޓާރނިޓީ ލީވް 6 މަސް، އަދި ޕެޓާރނިޓީ ލީވް 1 މަހަށް ލިބޭ ގޮތް ހަމަޖެއްސުން

- އިންޑަސްޓްރިއަލް ރިލޭޝަންސްގެ ޤާނޫނު ފާސްކުރުން

- މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ޤާނޫނު ފާސްކުރުން

މޭޑޭ ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ މެއިޑޭގެ ހިނގާލުން ބާއްވާފައި ވަނީ، މަސައްކަތްތެރިންނާއި ގުޅިގެން 2006 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު އެމްޑީޕީންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.