Advertisement

އެމްޑީޕީގެ ކެމްޕޭން ބައްދަލުވުމެއްގައި ރައީސް ޞާލިޙް ވާހަކަފުޅު ދައްކަވަނީ ---

13 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ވަޒީފާގެ ބިރުދައްކައި އިންތިޚާބަށް ނުފޫޒު ފޯރުވަމުންދާތީ، އެކަން އެމްޑީޕީން ކުއްވެރިކޮށްފި

ސަރުކާރުން މަޖިލިސް އިންތިހާބަށް ނުފޫޒުފޯރުވުމަށް ފާޅުގައި ވަޒީފާގެ ބިރުދައްކަމުން ގެންދާތީ އެމްޑީޕީން އެކަން ކުއްވެރިކޮށްފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ، ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް/ޕީއެންސީން ދަނީ ވަރަށް ފާޅުކަން ބޮޑުކޮށް ފުޅާދާއިރާއެއްގަ ސަރުކާރު މުވައްޒަފުން އެމީހުން ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭނަމަ އެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކާ އަދި ސަރުކާރުގެ ކުންފުނިތަކަށް އޮފީސްތަކަށް މުވައްޒަފުން ނެގުންވެސް ޕީއެންސީގެ ކެންޑިޑޭޓުންނަށް ދޫކޮށްލުމަށް ގޮވާލަމުންދާ ކަމަށެވެ. އެހެންވެ ސަރުކާރުން ހިންގަމުންގެންދާ މިއަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމުގައި އެމްޑީޕީން ވަނީ ބުނެފައެެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ، މަޖިލިސް އިންތިހާބުގައި ހިންނަވަރު ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ވާހަކަ ދައްކާފައި ވަނީ، އިލެކްޝަންސް ކޮމިޝަނުން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށްވެސް ގޮވާލާފައެވެ. 

އެމްޑީޕީން ބުނީ، މި އިންތިހާބުގެ ކެމްޕެއިންގައި ސަރުކާރުން ދަނީ ޕީއެންސީ ކެންޑިޑޭޓަށް ވޯޓު ނުދޭ މީހުން ނުހައްގުން ވަޒީފާތަކުން ވަކިކޮށް ޕީއެންސީ ކެންޑިޑޭޓަށް ވޯޓު ދޭނެ މީހުންނަށް ވަޒީފާތަކަށް ނަގަމުންކަން، ހިންނަވަރު ދާއިރާއަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި ދެއްކި ވާހަކައިން ސާފުކޮށް އެނގިގެންދާ ކަމަށެވެ. މީގެ އިތުރުން ސަރުކާރުން ދަނީ މި ކެމްޕެއިންގައި ދައުލަތުގެ ވަސީލަތްތައް ވަރަށް ފާޅުގަ ނަހަމަގޮތުގައި ބޭނުންކުރަމުން ކަމުގައި އެމްޑީޕީން ބުނެފައިވެއެވެ. މިގޮތުން މިކަން ކަމުންވެސް އެނގިގެންދަނީ، އެއީ ސަރުކާރުން ރައްޔިތުންނަށް ހެދި ދޮގާއި އޮޅުވާލުންތައް ފަޅާއަރަމުންދާތީ ރައްޔިތުން އެކަމާ ދެކޮޅަށް މި އިންތިހާބުގައި ވޯޓު ދޭނެތީ ރައްޔިތުންނަށް ބިރު ދެއްކުމަށް ކުރާ ކަމެއްކަން ކަމަށެވެ.

އެމްޑީޕީން ވަނީ ރައްޔިތުންގެ ވޯޓު ހޯދުމަށް ސަރުކާރުން އެ މީހުންނަށް ވަޒީފާގެ ބިރު ނުދެއްކުމަށާއި އަދި އިލެކްޝަންސް ކޮމިޝަނުން މިކަން ވީހާވެސް އަވަހަށް ބަލައްވައި އެކަމާއި ގުޅިގެން އެޅެންހުރި ގާނޫނީ ފިޔަވަޅު އެޅުމަށްވެސް ގޮވާލާފައެވެ.

ކޮމެންޓް
ހަސަން
މީތީގެ ލަދުހަޔާތްކޮބާ؟
13 Apr 2024
ސ.
ވަޒީފާގެ ބިރުދެއްކުމަކީ އެމް.ޑީ.ޕީގެ ސިޔާސަތެއް. އެކަންވަނީ ތަޖުރިބާ ކޮށްފަ.
13 Apr 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.