Advertisement

ޝިއާން މަޖިލީހުގައި ވާހަކަދައްކަނީ. ފޮޓޯ: ސޯޝަލް މީޑިއާ

04 Dec 2023
ޚަބަރު
ނޫން

ވިޕާ ހިލާފުވުމުގެ ސަބަބުން ޝިޔާންއާއި ޖާބިރުއަށް ފިޔަވަޅު އަޅާއިދޭން އެދެނީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިންތިހާބު ކުރަން ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕް (ޕީޖީ)ން ނެރުނު ތްރީލައިން ވިޕާ ހިލާފުވެފައިވާތީ، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާނާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ފިޔަވަޅު އަޅައިދޭން އެދެން ނިންމައިފިއެވެ.

ޕީޖީ ގްރޫޕްގެ ސްޕޯކްޕާސަން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް މިއަދު ވިދާޅުވީ ފާޅުގައި ވިޕްލައިނާ ހިލާފުވި ދެ މެންބަރުންގެ މައްސަލަ އެމްޑީޕީއަށް ހުށަހަޅުއްވާނެ ކަމަށް ޕީޖީ ލީޑަރު، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވެފައިވާ ކަމަށެވެ.

ރޭ ބޭއްވި ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސްކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރަން، އެ ޕާޓީގެ ޕީޖީ ގްރޫޕުން ހޮވީ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމްއެވެ. އެ ނިންމުމާ އެއްގޮތަށް ސަލީމްގެ ނަން ހުށަހަޅާފައިވަނިކޮށް ޝިޔާން ވަނީ ޖާބިރުގެ ނަން ހުށަހަޅާފައެވެ. އެ ނަމަށް ތާއީދުކުރެއްވީ ގައްދޫ ދާއިރާގެ ދަ ޑިމޮކްރެޓްސް މެންބަރު އަހުމަދު ޒާހިރެވެ. 

ވޯޓުގައި ސަލީމަށް ވޯޓު ދޭން ވިޕް ނެރެފައިވަނިކޮށް، ޖާބިރުގެ ނަން ހުށަހެޅުއްވީ އެ ނިންމުމާ ހިލާފަށެވެ. އެކަމަށް ޖާބިރު ތާއީދު ކުރައްވައި ވާހަކަވެސް ދެއްކެވިއެވެ.

ރޭ ނެގި ވޯޓުން ސަލީމް ކާމިޔާބުކުރެއްވީ 51 މެމްބަރުންގެ ވޯޓުންނެވެ. ޖާބިރަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.