Advertisement

އެމްޑީޕީއީން ހުށައެޅި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި އޭޖީގެ ފަރާތްޕުޅުން ވާހަކަދައްކަވަނީ ---

09 Nov 2023
ޚަބަރު

އެމްޑީޕީން ސްޕްރީމްކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލައިގެ ޙުކުމް އިއްވުން މިއަދު ހަވީރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ، މަޖިލީހުގައި ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީގެ ފަރާތުން ސްޕްރީމްކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލައިގެ ޙުކްމް އިއްވުން މިއަދު ބާއްވާނެ ކަމުގައި އެކޯޓުން ބުނެފިއެވެ.

ސްޕްރީމްކޯޓުން ބުނީ އެމައްސަލައިގެ ޙުކުމް އިއްވާ ޝަރީއަތުގެ މަޖިލިސް މިއަދު ހަވީރު، 4:00ގައި ބޭއްވުމަށް ތާވަލުކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ ފަރާތުން ހުށައެޅި މިމައްސަލައިގެ އަޑުއެހުންތައް ސްޕްރީމްކޯޓުގައި ފެށީ ހޯީމަދުވަހުއެވެ. އަދި އަންގާރަ ދުވަހު ވަނީ އަޑުއެހުންތައް ނިންމާލާފައެވެ.

އެމްޑީީޕީން ސްޕްރީމްކޯޓަށް މައްސަލަ ހުށައަޅާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި، މަޖިލީހުގެ ނިޒާމްގެ ތެރެއިން ނާޖާއިޒް ނުފޫޒާއި ބާރު ބޭނުންކޮށްގެން އެމައްސަލަ ހުއްޓުވާފައިވާ ކަމަށް ތުހުމަތުކޮށް، އެމައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތުގެ ހައްލެއް ހޯދުމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅައި، 14 ދުވަހުގެ މުއްދަތު ހަމަވެ، ޖަލްސާ އެޖެންޑާކުރުމުން، މަޖިލީހުގެ ނައިބުރައީސް އިވާ އަބުދުﷲ ވަނީ އަލާސްކަންފުޅާއި އުޅުއްވާކަމަށް ބުނެ ތަކުރާރުކޮށް ރައްޔިތުންގެ މަޖިލީހަށް ސަލާމް ފޮނުއްވަން ފައްޓަވާފައެވެ. މަޖިލީހުގެ ޤަވާއިދު ބުނާ ގޮތުން މަޖިލީހަށް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅިފައި ވަނިކޮށް އެމައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ އިތުރު މަސައްކަތްތަކެއް ކުރިޔަކަށް ނުގެންދެވޭނެއެވެ. އެގޮތުން މަޖިލީހަށް އިތުރުކަމެއް ހުށައެޅޭނީ އަދި ބަހުސްކުރެވޭނީވެސް އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނިންމުމަށްފަހުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މީގެ ކުރިންވެސް އެމްޑީޕީން ހުށައެޅިއެވެ. ރައީސް ނަޝީދު އެފަހަރު އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންގޮސް ހިފެހެއްޓެވީ، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލެއްވުން ލަސްކުރައްވައިގެންނެވެ. އަދި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށްފަހު އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން އަނބުރާ ނެގިއެވެ.

ސްޕްރީމްކޯޓަށް ހުށައެޅި މައްސަލައިގައި، އެމްޑީޕީން މައިގަނޑުގޮތެއްގައި ބޭނުންވެފައި ވަނީ، އިތުބާރު ނެތްކަމުގެ މައްސަަލައިގެ ރިޔާސަތު ބެލެހެއްޓޭނެ ގޮތް ކަނޑައެޅުމުގައި، ޤާނޫނު އަސާސީއާ މަޖިލީހުގެ ޤަވާއިދު މާނަކުރާ ގޮތުގެ ހައްލެއް ހޯދުމަށެވެ.

ސްޕްރީމްކޯޓަށް އެމްޑީޕީން ހުށައެޅި މިމައްސަލައިގެ ތެރެއަށް ޕީޕީއެމް ޕީއެންސީ އާއި އަދި ދަ ޑިމޮކްރެޓްސްއިން ވަނީ ތަދައްޚުލްވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.