Advertisement

މަޖިލިސް ގޮނޑިތައް ދޫކޮށްލާފައި ސަރުކާރާއި ގުޅިވަޑައިގެންނެވި ބައެއް މެމްބަރުން --

28 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ސަރުކާރު ހިންގާ ޕާޓީއާ ގުޅެނީ

ރައްޔިތުންގެ މަޖިީހުގައި އެމްޑީޕީ ތަމްސީލްކުރައްވާ މެމްބަރުންގެ ތެރެއިން، 6 މެމްބަރަކު ވެރިކަންކުރާ ޕާޓީ ޕީއެންސީީއަށް ސޮއެކުރައްވާނެ ކަމުގެ އަޑުތަކެއް ގަދަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި ހިމެނޭ، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވަނީ، މިހަފްތާގައި އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އޭނާވެސް ޕީއެންސީއާ ގުޅިވަޑައިގެންނެވި ވާހަކަތައް ފެންމަތިވިޔަސް އެކަމަށް އޭނާ ޖަވާބެއް ނުދެއްވައެވެ. އެހެން ނަމަވެސް ޝަރީފް އެމްޑީޕީން ވަކިވެވަޑައިގެންނެވި ފަހުން، މެލޭޝިޔާ އެމްބަސީގައި މަސައްކަތްކުރައްވަމުން ގެންދަވާ އޭނާގެ ދަރިކަނބަލުންގެ ވަޒީފާގެ މުއްދަތު މިސަރުކާރުން އިތުރުކޮށްދިނެވެ.

ނަންނުޖަހާގޮތަށް މައުލޫމާތު ދެއްވި އެމްޑީޕީގެ މަޖިލިސް މެމްބަރަކު ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެމްބަރުންގެ ތެރެއިން، ޕީއެންސީއަށް ސޮއިކުރައްވާ މެމްބަރުންނަށް ސަރުކާރުން ވަނީ ބޮޑެތި އަދަދުތަކުން ފައިސާ ހުށައަޅާފައެވެ. އަދި ސަރުކާރުގެ ބޭނުމަކީ، ކުރިޔަށް އޮތް ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން, ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނާއިބު މަޤާމުން އަޒުލްނުކުރެވޭނެކަން ކަށަވަރުކުރުން ކަމުގައި އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިީހުގައި އެމްޑީޕީގެ 56 މެމްބަރުން ތިއްބަވާއިރު، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން އަޒުލްކުރުމަށް ބޭނުންވާނީ 54 ވޯޓެވެ. އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބި އެޕާޓީ އެކަންޏަށް މަޖިލީހުގައި، ރައިސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ޢަޒުލްކުރުމުގެ ވޯޓު ހަމަވާ ގޮތް މެދުވެރިވީ، ރައީސުލްުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވެރިކަން ލިބިވަޑައިގަތުމުން ސަރުކާރުގެ މަޤާމުތަކަށް ވަޑައިގެންނެވުމަށްޓަކައި، ޕީޕީއެމް ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ 6 މެމްބަރަކު ގޮނޑިތަށް ދޫކޮށްލެއްވުމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.