Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

24 Dec 2023
ޚަބަރު

އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ކުރިމަތިލުމަށް ވާދަކުރުމުގެ މުއްދަތު އިތުރުކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީގެ ޓިކެޓުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ މުއްދަތު އިތުރުކޮށްފިއެވެ.

އެމްޑީޕީގެ ޓިކެޓުގައި މަޖިލިސް އިންތިޚާބަށް ވާދަކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، އެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ މި ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 25 އާއި ހަމައަށެވެ. ނަމަވެސް އެމްޑީޕީން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ ޓިކެޓު ހޯދުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި މުއްދަތު މިމަހުގެ 30 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ.
އެމް.ޑީ.ޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރެވޭނީ، ޕާޓީގެ މެންބަރަކަށްވުމާއެކު، ޤާނޫނު އަސާސީގެ 7 ވަނަ މާއްދާގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށްކަމަށް އެޕާޓީން ބުނެއެވެ. ޤާނޫނު އަސާސީގެ 7 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވުމުގެ ޝަރުތުތަކުގެ ގޮތުގައި ބަޔާންކޮށްފައިވަނީ ދިވެހި ރައްޔިތަކަށްވުމާއި، ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުމާއި، މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުމުގެ އިތުރަށް، ޢުމުރުން އަށާރަ އަހަރު ފުރިފައިވާއި މީހަކަށްވުން އަދި ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުމެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ އަންނަމަހުގެ 26 ވަނަ ދުވަހާއި 27 ވަނަ ދުވަހުއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.