Advertisement

03 May 2025
ޚަބަރު

ރައީސް މަސައްކަތްކުރައްވަނީ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް: ފައްޔާޒް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު މަސައްކަތް ކުރައްވަނީ އާއްމު ރައްޔިތންގެ އަޑު ކަނޑުވާލުމަށް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީއިން ހުކުރު ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މީގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުގެ ބާރު ކަނޑުވާލުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރަމުންދާކަމަށް ފައްޔާޒް ވަނީ ތުހުމަތުކުރައްވާފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވީ އެއްވެ އުޅުމުގެ މިނިވަންކަން ނަގާލުމަށްޓަކައި މިއަދުގެ ސަރުކާރުން ރައީސް މުއިއްޒު އަޅުއްވާ ހުރަސްތަކަށް، ކަންބޮޑުވުން އޮތުމުން އެކަމުގެ މަޝްވަރާތައް ކުރުމުގެ ގޮތުން ކަމަށް، އެ ޕާޓީގެ ޗެއާރޕާސަން ހާމަކުރެއްވިއެވެ. އެގޮތުން މަސައްކަތްތެރިންގެ ފަރާތުން ރާވާ އިންތިޒާމްކުރި މޭޑޭ ރެލީއަށް ފުލުހުން ވަނީ ހުރަސްއަޅާފައި ކަމަށާއި އަދި ޒުވާނުން ކުރަމުންދިޔަ ސުލްހަވެރި އިހްތިޖާޖަށް ފުލުހުން ހުރަސް އަޅައި ބާރުގެ ބޭނުންކޮށް، ދެމީހަކު ހައްޔަރުކޮށް އެއްވުން ރޫޅާލި މަންޒަރު ކަމަށާއި، އެގޮތުން އެމްޑީޕީއަކީ އަބަދުވެސް އެއްވެ އުޅުމުގެ މިނިވަންކަން ނަގަހައްޓާ ދަމަހައްޓަން ވަކާލާތުކުރާ ޕާޓީއެއް ކަމަށެވެ.

މިއަދު މިގައުމުގައި އެތައް ކަމެއް ގޯހުންދާއިރުގައި، ބަސް ކިޔަން އޮތް ހުރިހާ މުއައްސަސާއެއްގެ ކޮންޓްރޯލް ނަގަމުން ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ އަޑު ކަނޑުވާލާފައި ކަމަށާއި ކޯޓްތަކުގެ ބާރު ކަނޑުވާލާފައިވާއިރު މިނިވަން މުއައްސަސާއެއް މިއަދު ނެތް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ހަމަ އެކަނި ރައްޔިތުންގެ ފަރާތުން ބަހެއް ބުނަން އޮތީ އެމްޑީޕީއާއި އަދި އިތުރު ބައެއް ސިޔާސީ ޕާޓީތަކުން ކަމަށާއި ގައުމު އެއްކޮށް ކަނޑުވާލުމަށް ރައީސް މުއިއްޒު ދަނީ މަސައްކަތްކުރަމުން ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.