Advertisement

އެމްޑީޕީން މިރޭ ބޭއްވި ހިނގާލުމުގެ ތެރެއިން ---

31 Jan 2025
ޚަބަރު

ސަރުކާރާއި ދެކޮޅު މުޒާހަރާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރާއި އެކު ހިނގާލުން ނިންމާލައިފި

ސަރުކާރާއި ދެކޮޅަށް އިތުރު މުޒާހަރާތައް ބާއްވައި މުޒާހަރާތައް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު ދެމުން އެމްޑިޕީން މިރޭ މާލޭގައި ކުރިޔަށް ގެންދިޔަ ހިނގާލުން ނިންމާލައިފިއެވެ.

އާޓިފިޝަލް ބީޗުން 8:30ގައި ފެށި ހިނގާލުން އަނބުރާ އައިސް އާޓިފިޗަލް ބީޗަށް ނިންމާލީ މީރޭގެ 11:00 ހާއިރުގައެވެ. ހިނގާލުމުގެ ބައިވެރިން އާޓިފިޝަލް ބީޗުން ނުކުމެ ބޮޑުތަކުރުފާނު މަގުން ގޮސް އަމީނީ މަގުން އައިސް އަނެއްކާވެސް ހިނގާލުން ނިންމާލީ އާޓިފިޝަލް ބީޗަށެވެ. 

އެމްޑީޕީގެ ހިނގާލުން ނިންމާލުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން، އެޕާޓީގެ ޗެއާޕާރސަން ފައްޔާޒު އިސްމާޢީލް ވިދާޅުވީ، ސަރުކާރާއި ދެކޮޅު މުޒާހަރާތައް އިތުރަށް ވަރުގަދަ ކުރައްވާނެ ކަމަށެވެ. އަދި ސަރުކާރުން ދަނީ ޤާނޫނު އަސާސީގެ ރޫޙާއި ޑިމޮކްރަސީގެ އުސޫލުތަކާއި ޚިލާފު ވަމުން ކަމަށާއި، މިހާރު ހަމައެކަނި ރާއްޖޭގައި މިނިވަން ކަމާއި އެކު ހިނގާ މުއައްސަސާއެއްގެ ގޮތުގައި އޮތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގަކަމަށެވެ. އަދި ސްޕްރީމްކޯޓުގައި މިހާރު ތާވަލުކޮށްފައި އޮތް ޤާނޫނު އަސާސީއާއި ގުޅޭ  ދުސްތޫރީ މައްސަލަ ފައްޔާޒު ފާހަގަކުރެއްވިއެވެ.

މިރޭގެ ހިނގާލުމުގައި ވާހަކަފުޅު ދެއްކެވި އެމްޑީޕީގެ ބޭބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްތިއުފާއަށް ގޮވާލައްވާފައެވެ. އަދި ހޯމް މިނިސްޓަރ ޢަލީ އިހްސާން ހައްޔަރު ކުރުމަށާއި، ޑީއެންއާރްގެ ޑާޓާ ބޭސްއިން ވައްކަން ކުރި މައްސަލަ މިނިވަންކަމާއި އިންސާފުވެރިކަމާއި އެކު ބަލައި ތަޙްޤީޤު ކުރުމަށްވެސް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

މިރޭގެ ހިނގާލުމުގައި އެމްޑީޕީގެ އިސްބޭފުޅުންނާއި އާއްމު މެމްބަރުންގެ އިތުރުން އެހެން ޕާޓީތަކުގެ ވެރިންނާއި އާއްމު މެމްބަރުންވެސް ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.