Advertisement

އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަދި ޤާނޫނީ ވަކީލު މަޙްފޫޒު ސަޢީދު --- ފޮޓޯ: އެމްޑީޕީ

19 Jan 2025
ޚަބަރު

ވަގުފޯމުތަކުގައި ހެކިވެރިއެއްގެ ގޮތުގައި ސޮއެކުރެއްވި މެމްބަރު މުޙައްމަދު އިސްމާޢީލްގެ މައްސަލަ ބަލަން އެދިއްޖެ

ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށް، މެމްބަރުން ވެއްދުމަށް ފުރާފައިވާ ވަގުފޯމްތަކުގައި ހެކިވެރިއެއްގެ ގޮތުން ސޮއެކުރައްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢީލްގެ މަސައްލަ ބަލައިދޭން އެމްޑީޕީން އެދިއްޖެއެވެ.

އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ލީގަލް ޑިރެކްޓަރު އަދި ޤާނޫނީ ވަކީލު މަޙްފޫޒު ސަޢީދު ވިދާޅުވީ، ވަގު ފޯމުގައި ހެއްކެއް ގޮތަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ސޮއިކުރި ކޮންމެ ފޯމެއްގެ މައްސަލަ ވަކިވަކިން ބަލައިދިނުމަށް އެދިފައި ވާނޭ ކަމަށެވެ. މަޙްފޫޒު ވިދާޅުވީ، މުޙައްމަދު އިސްމާޢީލް ކުރައްވާފައިވާ އެއަމަލަކީ، ޖިނާޢީ ކުށުގެ ޢަމަލެއް ކަމަށެވެ. 

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ، ސިޔާސީ ޕާޓީއެއްގެ މެންބަރުކަމަށް، ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ، ހުށައެޅި ކޮންމެ ފޯމަކަށް، އެކަން ކުރި ފަރާތެއް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. 

ޕީއެންސީއަށް މެމްބަރުން ވެއްދުމަށް މީހުންނަށް ނޭނގި އެމީހުންގެ ނަމުގައި ފޯމްތައް ފުރައި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައި ވާއިރު، އޭގެތެރެއިން ބައެއް ފޯމުތަކުގައި ހެކިވެރިއެއްގެ ގޮތުގައި ސޮއެކުރެއްވިކަމަށް މުޙައްމަދު އިސްމާޢީލް އިއުތިރާފްވެވަޑައިގެންފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.